ads
މުބާރާތަށް ފުރި ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު
ޒުވާން ކްރިކެޓް ޓީމު އޭސީސީ މުބާރާތަށް ފުރައިފި
ރާއްޖޭގެ ގައުމީ ޒުވާން ކްރިކެޓް ޓީމު، އޭސީސީ މެންސް ޕްރިމިއާ ކަޕްގައި ވާދަކުރުމަށް މެލޭޝިޔާއަށް ފުރައިފިއެވެ.

މެލޭޝިޔާގައި ކުރިއަށްދާ 19 އަހަރުން ދަށުގެ މި މުބާރާތް އޮންނާނީ މި މަހުގެ 12 އިން 24 ގެ ނިޔަލަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް ސީގައެވެ. ރާއްޖެގެ އިތުރުން މި ގްރޫޕްގައި ދެން ހިމެނެނީ ސިންގަޕޫރު، ތައިލެންޑު އަދި ކުވައިތެވެ. 

މުބާރާތުގައި ހިމެނެނީ ޖުމްލަ ހަތަރު ގްރޫޕެވެ. ކޮންމެ ގްރޫޕަކުންވެސް ސެމީ ފައިނަލަށް ދަތުރުކުރާނީ ގްރޫޕްގެ އެއްވަނަ ހޯދާ ޓީމެވެ. 

މުބާރާތުގައި ރާއްޖެއިން ފުރަތަމަ ވާދަކުރަން ޖެހެނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެ ފަހުން ރާއްޖޭގެ ދެވަނަ މެޗުގައި ތައިލެންޑާއި ދެކޮޅަށް ނުކުންނާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗު ރާއްޖެއިން ކުޅެން ތާވަލުކުރެވިފައި އޮތީ މި މަހުގެ 18 ވަނަ ދުވަހަށެވެ. މި މެޗުގައި ރާއްޖެ ބައްދަލުކުރަން ޖެހޭނީ ކުވައިތާއެވެ. 

މި ޓީމުގެ ކޯޗަކީ އިސްމާއިލް ނިހާދެވެ. އަދި ޓީމުގެ މެނޭޖަރަކީ މުހައްމަދު އަޝްރަފްއެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް