ads
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރުގެ މަގާމަށް އިންތިހާބުވި އަލީ އާޒިމް
މަގާމުތަކަށް މީހުން އައްޔަނުކުރުން ހުއްޓުވަން މަޖިލީހުން އަމުރެއް ނެރެން ގޮވާލައިފި
އިންތިގާލީ މަރުހަލާގައި މަގާމްތަކަށް އިތުރު މީހުން ނުނެގޭ ގޮތަށް މަޖިލީހުން އަމުރެއް ނެރެން ޖެހޭ ކަމަށް ދަ ޑިމޮކްރެޓްސް ގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަލީ މިއަދު މަޖިލީހުގަ އިލްތިމާސް ކުރައްވައިފިއެވެ.

މައިނޯރިޓީ ލީޑަރު އާޒިމް މިއަދު މަޖިލީހުގަ މިހެން އެދިލެއްވީ ތިން ބޭފުޅަކު ގައުމުތަކުގެ ސަފީރުކަމަށް އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަންފުޅު ފޮނުއްވާފައިވާތީއެވެ. 

ރައީސް ސޯލުހުވަނީ ، ޔޫއެއީ، ބަނގުލަދޭޝް އަދި ޕާކިސްތާނުގެ ސަފީރު ކަމަށް ބޭފުޅުން އައްޔަނުކުރައްވަން މަޖިލީހަށް ސިޓީފުޅު ފޮނުއްވާފައެވެ. 

"އިއްޔެ އަޅުގަނޑުމެންނަށް ސިޓީ ލިބުން އެއީ ޑިމޮކްރެޓިކް ގައުމު ތަކުގައި، އަދި އެހެން ކުރި އަރާފައިވާ ގައުމު ތަކުގައި ކަންކުރާ ގޮތެއް ނޫން. އިންތިހާބަކުން ބަލިވީމާ ދެން އޮންނާނީ ވެރިކަން ފޮރޮޅާލުމުގެ ފަސޭހަތަށް ދެން އޮތް ފަރާތަކަށް ދިނުން،" -އާޒިމް-

އިންތިގާލީ މަރުހަލާގަ ހަތް ކަމެއް މަޑުޖައްސާލަން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ސަރުކާރަށް ވަނީ އަންގަވާފައެވެ.

އިންތިގާލީ މަރުހަލާގެ ވަގުތުގައި ސަރުކާރުން 7 ކަމެއް މަޑު ޖައްސާލަން އެދިވަޑައިގެން ފޮނުއްވި ސިޓީ ފުޅުގައި އިންތިހާބީ ރައީސް ޑރ. މުއިއްޒު އެދިލެއްވީ، އާ ޕްރޮޖެކްޓްތައް ނުފެށުމަށާއި، އެއްވެސް ވަޒީފާއެއް ދައުލަތުން އަލަށް މީހަކަށް ނުދިނުމަށާއި، އާ އިންވެސްޓްމަންޓް ތައް ނުކުރުމަށާއި، މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ނުގެނުމަށާއި، އެއްވެސް އައު ބިމެއް ތަރައްގީކޮށް ނުވިއްކުމަށާއި، އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ނުދިނުމަށާއި، އަލަށް އެއްވެސް ބައިނަލް އަޤްވާމީ މުއާހަދާއެއްގައި ސޮއި ނުކުރުމަށެވެ.

މި މައްސަލައިގަ ބަންޑާރަ ނައިބު ރިއްފަތު ވަނީ ޑރ މުއިއްޒުއަށް އެހެން ނޭންގެވޭނެކަމަށް ވިދާޅުވެ ޓީވީ ޕްރޮގްރާމެއްގަ ވާހަކަ ދައްކަވާފައެވެ. ރައްފަތުގެ ވާކަފުޅުތަކަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު ޓޮމް ވަނީ ރައްދު ދެއްވާފައެވެ. ޓޮމް ވިދާޅުވީ "ގައްދާރުން އިތުރަށް ރައްޔިތުން ރުޅިއަރުވަން ނޫޅުން" ރަނގަޅުވާނެކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ދާއިމީ ނަތީޖާ ދައްކާގޮތުން ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.  ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. 

ރިޔާސީ އިންތިހާބުގަ ސައްހަ ވޯޓުގެ ގޮތުގަ 239،027 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގަ 7،888 ވޯޓު ލާފައިވެއެވެ. 

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގަ ވޯޓުލުމުގެ ހައްގު 246،915 މީހުންނަށް ލިބިފައިވެއެވެ. ނަމަވެސް ވޯޓު ލާފައިވަނީ 246،915 މީހުންނެވެ. އެއީ ހައްގު ލިބިގެން ވާ މީހުންގެ 87.31 ޕަސަންޓެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް