ads
ގައުމީ ޓީމުގެ ކޯޗު ސުޒޭން
ސުޒޭނަށް ގޯސްވީ ނޫސްވެރިން
ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖެއާ ބަންގްލަދޭޝް މިއަދު ހަވީރު ކުޅުނު މެޗުން އެއްވަރުވުމަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ދިވެހި ޓީމުގެ ހެޑް ކޯޗު، އަލީ ސުޒޭން ދިވެހި ނޫސްވެރިންނަށް ފާޑު ކިޔައިފިއެވެ.

ރާއްޖެއާ ބަންގްލަދޭޝް މިއަދު އެއްވަރުވީއިރު، މިއީ 2000 ވަނަ އަހަރުގެ ފަހުން ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އަތުން ރާއްޖެއަށް މޮޅުނުވެވި ދިޔަ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރަސްމީ ދަނޑުގައި އެންމެ ފަހުން ކުޅުނު މެޗުތަކަށް ބަލާއިރު، 2-0، އަދި 2-0 އަދި5-0 ން ރާއްޖެވަނީ މޮޅުވެފައެވެ. 

މެޗަށް ފަހު ވާހަކަ ދައްކަމުން ކޯޗު ސުޒޭންވަނީ ދިވެހި ނޫސްވެރިންނަށް ފާޑު ކިޔައިފައެވެ. 

ނޫސްވެރިންނަށް ސުޒޭން ފާޑު ކީއިރު، މެޗު ފެށެން 24 ގަޑިއިރަށްވީއިރުވެސް އެފްއޭއެމުން މެޗުގެ ޓިކެޓް ވިއްކަން ނުފަށައެވެ. ޓީމު މި ފަހަރު މެޗަށް އައީ ކޭމްޕް ކުރުމެއް ނެތިއެވެ. ޕްރެކްޓިސް މެޗެއް ނުކުޅެއެވެ. އަދި އޭގެ އިތުރުން ނޫސްވެރިން ތަކުރާރުކޮށް ޓީމު ލިސްޓް ހޯދަން އެދުނުއިރު، ޓީމު ލިސްޓުވެސް އެފްއޭއެމުން ނޫސްވެރިންނާ ހިއްސާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. 

59%
ކަމުގޮސްފި
24%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
18%
ވަރަށް ސަލާމް
ކޮމެންޓްސް