ads
އިޒްރޭލުން ދިން ހަމަލާއެއްގައި ގެދޮރުނެތިވި މީހެއް ދަރިންތައް ގޮވައިގެން ގެ ކުރީމަތީގައި- ފޮޓޯ: އޭޕީ
6 ދުވަސްތެރޭ 6،000 ބޮން ގަަޒާއަށް އަޅާފައިވާނެ: އިޒްރޭލް
މިހާތަނަށް ގަޒާއަށް ދިން ހަމަލާތަކުގައި 6،000 ބޮން އަޅާފައިވާކަމަށް އިޒްރޭލުން ބުނެފި އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނީ މިހާތަނަށް ގަޒާއަށް 6،000 ބޮން އަޅާފައިވާކަމަށެެވެ. އެޅި ބޮމުގެ ޖުމްލަ ބަރުދަނުގައި 4،000 ޓަނު ހުންނާނެކަމަށް ބަޔާނުގައި ބުނެއެވެ. 

މިހާތަނަށް އިޒްރޭލުން ގަޒާއަށް ދިން ހަމަލާތަކުގައި 1،417 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން 6،000 މީހުން ހަމަލާތަކުގައި ޒަހަމްވެފައިވާކަމަށް ފަލަސްތީނުގެ ހެލްތު އޮފިޝަލުން ބުނެއެވެ. 

އިޒްްރޭލުން ގަޒާއަށް ވަދެ ނިކުންނަ ހުރިހާމަގުތައް ބަންދުކޮށްފައިވާއިރު ކާބޯތަކެތި އަދި ތެލާއި ފެންވެސް ގަޒާއަށް އެތެރެކުރުން ވަނީ ހުއްޓުވާފައެވެ. އޭގެ ސަބަބުން ގަޒާގައި ހުރި ހަމައެކަނި ޕަވާޕްލާންޓް ހުއްޓި އެ ސަރަހައްދުން ކަރަންޓު ކެނޑިފައި އޮންތާ 24 ގަޑިއިރު ވެއްޖެއެވެ. 

ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތައް މޯޗަރީތަކަށް ބަދަލުވެދާނެކަމުގެ ބީރުހީވެފައިވާކަމަށް ބުނެ ބައިނަލްއަގުވާމީ ހައްގުތަކަށް ވަކާލާތުކުރާ ގުރޫޕްތަކުން ވަނީ އެ އަމަލުކުށްވެރިކޮށް އަވަސް ހައްލެއް ހޯދުމަށް ގޮވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް