ads
ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ރުފިޔާ ވަނީ ދީފައި - ފޮޓޯ:ސަން
ދައުލަތުގެ ބަޖެޓުން ސަރުކާރުގެ ކުންފުނިތަކަށް 300 މިލިއަން ރުފިޔާ ދީފި
ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޓްރެޝަރީ ލޯނުގެ ގޮތުގައި 300 މިލިއަން ރުފިޔާ ހަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އެކި ސަބަބުތަކާ ހުރެ ލޯނު ދޫކުރާ ކަމަށެވެ.

އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދައުލަތުގެ ބަޖެޓުން ދެވޭ ޓްރެޝަރީ ލޯނާއި ސަރުކާރުން ބޭނުންވާ އެކި މަޝްރޫއުތައް ހިންގުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނެގޭ ލޯނުގެ ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ހިންގޭ މަޝްރޫއުތަކަށް ކަނޑައެޅިގެން އެ ކުންފުނިތަކަށް އޮން-ލެންޑް ކުރެވޭ ލޯނުތައް ހިމެނެއެވެ.

ދައުލަތުގެ ބަޖެޓުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު 52.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި 2021 ވަނަ އަހަރު 197.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، 2020 ވަނަ އަހަރު 400 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސަރުކާރުން އެކި މަޝްރޫއުތަކަށް އޮން-ލެންޑްކޮށްފައިވާ ލޯނުތަކުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އެ ލޯނުތަކަކީ އެއާޕޯޓުގެ ޓާމިނަލް އަދި ރަންވޭ ތަރައްގީކުރުމުގެ މަޝްރޫއަށް ނަގާފައިވާ ލޯނުތަކެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބަޖެޓު ސަޕޯޓުގެ ގޮތުގަ އާއި އޮން-ލެންޑްކޮށްފައިވާ ލޯނު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނަގާ ބައެއް ލޯނުތަކަށް ސަރުކާރުން ގެރެންޓީދީފައިވާ ކަމުގައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަށް އާބަންކޯގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ގެރެންޓީ ދީފައިވާ ލޯނުތައް ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް