ads
މުބާރާތުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު
އެސްޓީއޯ މަކިޓާ ޖޫނިއާ ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފި
އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުޅުދުއްފުށި ސިޓީގައި ފަށައިފިއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މޫސުން ގޯސްވުމާއި ގުޅިގެން މިރެއަށް ވަނީ ފަސްކޮށްފައެވެ. ނަމަވެސް މުބާރާތުގެ އިވެންޓުތައް ފެށުމުގެ ކުރިން މިއަދު ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތާއި، މުބާރާތުގެ ލަވަ ލޯންޗުކޮށްފައެވެ. މުބާރާތުގެ ލަވަ ހުށަހަޅައިދިނީ ރާއްޖޭގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ޝަލަބީ އާއި އަޝްރާއެވެ.

މުބާރާތް ފެށުމަށްޓަކައި ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރާއި، ކައުންސިލަރުންނާއި، އެތްލެޓިކްސް އެސޯސިއޭޝަންގެ އިސްވެރިން ބައިވެރިވިއެވެ.

ކުޅުދުއްފުށި ސިޓީގައި ބާއްވާ މިމުބާރާތުގައި 35 ސްކޫލަކުން ވާދަ ކުރެއެވެ. މުބާރާތުގައި 1124 އެތުލީޓުން ވާދަ ކުރެއެވެ. މުބާރާތުގައި ވާދަކުރަނީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތު މިރޭ 20:15 ގައި ކުޅުދުއްފުށި ސިޓީ ސްޓޭޑިއަމްގައި އޮންނާނެއެވެ. މި މުބާރާތް ކުރިއަށް ދާނީ މިމަހުގެ 15 އިން 20ގެ ނިޔަލަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް