ads
އެމްޓީސީސީން ކުރިއަށް ގެންދާ މަޝްރޫއެއްގެ ތެރެއިން: މަޝްރޫތައް ނުހުއްޓި ކުރިއަށްދާ ކަމަށް ވަނީ ބުނެފައި - ފޮޓޯ:އެމްޓީސީސީ
ރަށްރަށުގައި ހިންގާ މަޝްރޫއުތައް ނުހުއްޓި ކުރިއަށް އެބަދޭ: އެމްޓީސީސީ އަދި އާރުޑީސީ
ރަށްރަށުގައި ހިނގަމުންދާ މަޝްރޫތައް ނުހުއްޓި ކުރިއަށްދާ ކަމަށް، އެންމެ ގިނަ މަޝްރޫއުތައް ހިންގަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
Advertisement

ބައެއް ރަށްރަށުގައި ހިންގަމުންދާ މަޝްރޫއުތައް ހުއްޓާލައި ކުންފުނިތަކުން މެޝިނަރީތައް އެ ރަށްރަށުން ބާލަމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މީގެ ކުރިން ބުނެފައިވެއެވެ. އެ ކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ އެއްވެސް ރަށެއްގައި ހިނގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނޫނީ މަޑުޖައްސާލަން އެމަނިކުފާނު ނުދަންނަވާ ކަމަށާއި އެމަނިކުފާނުގެ ފަރާތްޕުޅުން އެއްވެސް ބޭފުޅަކު އެކަހަލަ އެންގުމެއް ނާންގާނެ ކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައިވަނީ ސަޕްލައި ނުކުރެވި ލަސްތަކެއް ދިމާވެގެން އެ ކުންފުނިން ކުރިއަށްދާ ބައެއް މަސައްކަތްތައް މަޑުޖެހިފައި ހުރެދާނެ ކަމަށެވެ. އެހެންނަމަވެސް، އެ ކުންފުނިން ހިންގަމުންދާ އެއްވެސް މަޝްރޫއެއް ހުއްޓާލާފައި ނުވާނެ ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ. އާޒިމް ވިދާޅުވެފައިވާ ގޮތުގައި އެއްވެސް ފަރާތަކުން އެއްވެސް މަޝްރޫއެއް ހުއްޓާލުމަށް އެ ކުންފުންޏަށް އަންގާފައި ނުވާ ކަމުގައެވެ.

your imageއާރުޑީސީން ކުރިއަށް ގެންދާ މަޝްރޫއެއްގެ ތެރެއިން: މަޝްރޫތައް ނުހުއްޓި ކުރިއަށްދާ ކަމަށް ވަނީ ބުނެފައި - ފޮޓޯ:އާރުޑީސީ

އާރުޑީސީން ބުނެފައިވަނީ އެ ކޯޕަރޭޝަނުން ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރެއިން މާމިގިލީގައި ހިންގަމުންދާ މަޝްރޫއު ފިޔަވައި އެހެން ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. މާމިގިލީގައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް ހުއްޓިފައި ވަނީ ރަށު ކައުންސިލުން ސްކޯޕަށް ބަދަލު ގެންނާތީ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އާރުޑީސީން ބުނެފައިވާ ގޮތުގައި މިއީ އިންތިގާލީ މަރުހަލާކަމުން އާ މަޝްރޫއެއް އެ ކުންފުނިން ނުފަށާނެ ކަމުގައެވެ. އެހެންނަމަވެސް، ކުރިން ފަށާފައި ހުރި ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އާރުޑީސީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް