ads
ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި އައިއޭއެސްގެ އޮޑިޓް ރިޕޯޓު ހުށަހަޅުއްވަނީ-- ފޮޓޯ: މަޖިލިސް
އަންނަ އަހަރު ޖުމްލަ 342 އޮޑިޓެއް ކުރާނެ
އަންނަ އަހަރު ޖުމްލަ 342 އޮޑިޓެއް ކުރަން ރާވާފައިވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޭގެ ތެރޭގަ މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީ މަޝްރޫއު ހިމަނެއެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށް މިއަދު މަޖިލީހުގަ ކުރިއަށް ދިޔައެވެ. 

އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރަށް އެކުލަވާލާފައިވާ އެނުއަލް ވޯކް ޕްލޭން ހުށަހަޅާފައެވެ.

އަންނަ އަހަރު  ސްޕެޝަލް އޮޑިޓްގެ ގޮތުގައި ފަސް އޮޑިޓެއް ކުރިއަަށްގެންދާނެ ކަމަށްވެެސް އޮޑިޓް އޮފީހުން ބުނެއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި 123 މިލިއަން ރުފިޔާގެ ފާސްކޮށް ދިނުމަށް އެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. 

މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހެޅި އެ ބަޖެޓަކީ މި ހިނގަމުންދާ އަހަރަށް އޮފީހަށް ފާސްކުރި ބަޖެޓަށް ވުރެ 30 މިލިއަން ރުފިޔާ ބޮޑު ބަޖެޓެކެވެ. މި އަހަރަށް އެ އޮފީހަށް ކަނޑައެޅީ 93 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް 100 މިލިއަން ރުފިޔާ އަށް ވުރެ އިތުރުވެގެން ދިޔައީ އޮފީސް ހުރި އިމާރާތް ބަދަލު ކުރުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް