ads
ފްލޯޓިން ސިޓީގެ ގެއެއް ފަޅުގައި ބަހައްޓާފައި: އަންނަ އަހަރު ފްލޯޓިން ސިޓީ ޕްރޮޖެކްޓް އޮޑިޓް ކުރާނެ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ވަނީ ބުނެފައި - ފޮޓޯ:ބައިސަން މޯލްޑިވްސް
އަންނަ އަހަރު ފްލޯޓިން ސިޓީ ޕްރޮޖެކްޓް އޮޑިޓްކުރާނެ
އަންނަ އަހަރު ފްލޯޓިން ސިޓީ ޕްރޮޖެކްޓް އޮޑިޓް ކުރާނެ ކަމަށް އޮޑިޓަ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން ވަނީ އަންނަ އަހަރު ކުރާނެ އޮޑިޓްތަކުގެ ތަފްސީލުތައް އިއްޔެ ބޭއްވި މާލިއްޔަތު ކޮމިޓީގައި ހާމަކޮށްފައެވެ. އޮޑިޓް އޮފީހުން ބުނީ އެ އޮފީހުން ސްޕެޝަން އޮޑިޓްތައް ހަދަނީ މަޖިލީހާއި އެނޫން އިދާރާތަކުން ހުށަހަޅާ ޝަކުވާތަކަށް ބަލައިގެން ކަމަށެވެ.

އަންނަ އަހަރު ސްޕެޝަން އޮޑިޓްގެ ގޮތުގައި ފްލޯޓިން ސިޓީ އާއި ތެލުގެ ސްޓޮކް ބެލެހެއްޓުމާ ގުޅުންހުރި އެސްޓީއޯ އާއި އެފްއެސްއެމްގެ އޮޑިޓަކާއި އެސްއެމްއީ ފައިނޭންސް ކޯޕަރޭޝަނުގެ އޮޑިޓެއްގެ އިތުރުން ޕްރޮކިއުމެންޓް މަސައްކަތްތަކާ ބެހޭގޮތުން ރީޖަނަލް އެއާޕޯޓްސް އޮޑިޓެއް ހިމެނެއެވެ.

އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވެފައިވަނީ އަންނަ އަހަރު ފައިނޭންސް ކޮމްޕްލަޔަންސް 294 އޮޑިޓާއި އޮޑިޓް ރިވިއުގެ ގޮތުގައި 39 އޮޑިޓެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސްޕެޝަން ފަސް އޮޑިޓަކާއި ހަތަރު ފާޕޯމަންސް އޮޑިޓަކާ އަދި އިންޕޮމޭޝަން ސިސްޓަމްސްގެ ހަތަރު އޮޑިޓެއް ހެދުމަށް ނިންމާފައިވާ ކަމަށް ޝާން ވިދާޅުވިއެވެ.

ޝާން ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ އޮޑިޓްތަކުގެ ތެރޭގައި އެސްއޯއީތަކުގެ ރިވިއުތަކުގެ އިތުރުން ސަރުކާރުގެ 30 ޕްރޮޖެކްޓަކާ ގުޅޭ އޮޑިޓެއް ހިމަނާފައިވާނެ ކަމުގައެވެ. އޭގެ އިތުރުން ތިން ޕަބްލިކް ފަންޑެއް އޮޑިޓް ކުރާނެ ކަމަށް ޝާން ވިދާޅުވިއެވެ. އަންނަ އަހަރު ދައުލަތުގެ މާލީ ނިޒާމާއި ދަރަންޏާ ގުޅޭ ރިޕޯޓުތައް އޮޑިޓް ކުރުމަށް އެ އޮފީހުން ވަނީ ކަނޑައަޅާފައެވެ.

އަންނަ އަހަރު ޖުމްލަ 346 އޮޑިޓެއް ކުރުމަށް އޮޑިޓް އޮފީހުން ވަނީ ނިންމާފައިވާއިރު، އެ އިދާރާގެ މަސައްކަތްތަކަށް 123 މިލިއަން ރުފިޔާގެ ބަޖެޓަކަށް ވަނީ އެދިފައެވެ. ރައްޔިތުންގެ މަޖިލީހުން އޮޑިޓް އޮފީހުގެ ބަޖެޓު ފާސް ކުރަނީ ވަކިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް