ads
ގައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ
ގައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ފަރުވާ ހޯދުމަށް އެތައް ހާސް ފަލަސްތީނުގެ ރައްޔިތުން ތިބި ހޮސްޕިޓަލަކަށް ރޭ އިޒްރޭލުން ދިން ހަމަލާއަކީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފުކަމެއް ކަމަށް ދިވެހި ސަރުކާރުން މިއަދު ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ އެންމެ ހަރު އިބާރާތުން ރާއްޖޭން ކުށްވެރިކުރާ ކަމަށެވެ.

އެ ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ޝަހީދުވި ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެއެވެ.

"އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލްތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނި ގޮތުގައި ފަލަސްތީނުގެ ކުށެއް ނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ރަހުމެއް ނެތި ދެމުންދާ ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ރާއްޖޭން ގޮވާލި ގޮވާލުން ތަކުރާރު ކުރާ ކަމަށެވެ.

ގާޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯތަކެއް ހުޅުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް އަވަސްކުރުމަށްވެސް ރާއްޖޭން ވަނީބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް