ads
މާލެ ވިޔަފާރި ބަނދަރު: މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާ މިންވަރު ހުންނާނީ 6.5 އިިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފައި - ފޮޓޯ:އެމްޕީއެލް
މި އަހަރު ރާއްޖޭގެ އިގުތިސޯދީ ދުވެލި ހުންނާނީ %6.5 ގަ: ވޯލްޑް ބޭންކް
މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ކުރިއަރާ މިންވަރު ހުންނާނީ 6.5 އިިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

ވޯލްޑް ބޭންކުން އާންމުކުރި ދެކުނު އޭޝިއާ ޑިވެލޮޕްމަންޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން މި އަހަރު ރާއްޖޭގެ އިގުތިސާދީ ދުވެލި ހުންނާނީ 6.5 އިންސައްތައިގައެވެ. އަންނަ އަހަރު އިގުތިސޯދީ ދުވެލި 5.2 އިންސައްތައަށް ދަށްވި ނަމަވެސް 2025 ވަނަ އަހަރު އިގުތިސޯދީ ދުވެލި ހުންނާނީ 5.5 އިންސައްތައިގައި ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ. ވޯލްޑް ބޭންކުން ބުނީ ދެކުނު އޭޝިއާ ސަރަހައްދުން ދެވަނައަށް ކުރިއެރި ގައުމަކީ ރާއްޖެއެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައިވާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އިގުތިސޯދީ ގޮތުން މި އަހަރު އެންމެ ކުރިއެރި ގައުމަކީ އިންޑިއާއެވެ. އެ ގައުމުގެ އިގުތިސޯދީ ދުވެލި މި އަހަރު 7.2 އިންސައްތައަށް ކުރިއަރާނެއެވެ. އަދި އަންނަ އަހަރު 6.3 އިންސައްތައަށް ކުރިއަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގުތިސޯދު މަޑުމަޑުން ރަނގަޅުވަމުން އައި ނަމަވެސް ކޮވިޑް-19 ގެ އާލަމީ ވަބާގެ ކުރިން ހުރި މިންވަރަށް އިގުތިސޯދީ ދުވެލި ކުރި ނާރާ ކަމަށް ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެއެވެ. އެ ބޭންކުން އިތުރަށް ބުނި ގޮތުގައި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރެވޭ ވަރަށް ގައުމުތަކުގެ އިގުތިސޯދީ ދުވެލި ހަލުވި ނުވާ ކަމުގައެވެ.

ވޯލްޑް ބޭންކުން ބުނީ ސަރަހައްދުގެ ގިނަ ގައުމުތަކަކަށް ކޮވިޑް-19 އާއި އެފަހުން ކުރިމަތިވި މާލީ ގޮންޖެހުންތަކާ ހުރެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް, ރާއްޖެ އާއި ނޭޕާލުގެ އިގުތިސޯދީ ދުވެލި އިޔާދަވުމުގެ މައިގަނޑު ސަބަބަކީ ދެ ގައުމުގެ ފަތުރުވެރިކަން ބާރަށް ކުރިއަރަމުން އައުން ކަމުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް