ads
އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް: ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވާފައި - ފޮޓޯ:މަޖިލިސް
ކުރީގެ ގަވަރުނަރު ފަޒީލް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވަނީ
އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ކުރީގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބް ވާދަކުރައްވާނެ ކަމަށް އިއުލާނުކުރައްވައިފިއެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރައްވަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑެސީއަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާ ފަޒީލް ވިދާޅުވެފައިވަނީ މަޖިލީހަށް ވާދަކުރައްވަން ނިންމެވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު އެމަނިކުފާނުގެ ރިޔާސީ ވައުދުތައް ތަންފީޒުކުރުމަށް މަސައްކަތްކުރެއްވުމަށް ކަމަށެވެ.

މަޖިލީހަށް ވާދަކުރައްވަން ނިންމެވީ ދިވެހި ރައްޔިތުންނަށާއި ހާއްސަކޮށް އޭނާގެ އުފަން ރަށް ކަމަށްވާ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ހިދުމަތްކުރެއްވުމަށް ކަމަށް ފަޒީލް ވިދާޅުވިއެވެ. ފަޒީލް ވަނީ މަޖިލިސް އިންތިހާބު ކާމިޔާބުކުރުމުގައި ފުވައްމުލައް އަދި ހާއްސަކޮށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.

ފަޒީލް ވަނީ ކޮމާޝަލް ލޯ (އިންޓެލެކްޗުއަލް ޕްރޮޕަޓީ) އިން ޕީއެޗްޑީ ހާސިލުކުރައްވާ އިންޓަނޭޝަނަލް ބިޒްނަސް ލޯ އިން އެލްއެލްއެމް އަދި އިކޮނޮމިކްސްއިން ބީއޭ އޮނާސް ޑިގްރީ ހާސިލުކުރައްވާފައެވެ.

މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީން 1987 ވަނަ އަހަރު އާންމު ހިދުމަތް ފެއްޓެވި ފަޒީލް އެމްއެމްއޭގެ ގަވަރުނަރުކަން ކުރައްވާފައިވަނީ 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. ފަޒީލަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުގެ މޯލްޑިވްސްގެ ގަވަރުނަރުގެ އިތުރުން ދެކުނު އޭޝިއާގެ މަރުކަޒީ ބޭންކުތަކުގެ ނެޓްވޯކެއް ކަމަށްވާ ސާކް ފައިނޭންސްގެ މިހާރުގެ ޗެއާމަނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް