ނުބައި ވެކްސިނެއް އެ ހޮސްޕިޓަލުން ދީފައިވަނީ މިމަހު 10 ވަނަ ދުވަހުއެވެ. ވެކްސިން ދިން ކުރިންގެ ތެރޭގަ ހަ މަހުގެ ތުއްތުކުއްޖެއް ވެސް ހިމެނެއެވެ. އެ ކުދިންނަށް ނުބައި ވެކްސިނެއް ދިނީ ދިވެހި ނަރުހެކެވެ.
މި މައްސަލައިގައި ބައެއް މީހުން ފާޑުކިޔަމުން އަންނަނއިރު، މީޑިއާއަށް މައުލޫމާތު ދެމުން އެ ހޮސްޕިޓަލުން ވަނީ "ނަރުހަށް އަދިވެސް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެފަ" އެވެ.
މިގޮތުން އައިޕީވީ ވެކްސިނުގެ ބަދަލުގައި އެޗްޕީވީ ވެކްސިގެން ޖަހާފައި ވާކަމަށް އެ ރަށު ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އެ މައްސަލަ ހޮސްޕިޓަލުގެ ފަރާތުން ވަނީ ހެލްތް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.