ads
ބަލަކް އަދި ނިޔާ
ބަލަކުގެ އެސިސްޓެންޓަކަށް ނިޔާ ހަމަ ޖައްސައިފި
އަލީ ވަހީދުގެ އެސިސްޓެންޓަކަށް ކުރީގެ ކުޅުންތެރިޔާ އަހްމަދު ނިޔާޒް ހަމަ ޖައްސައިފިއެވެ.
Advertisement

ފުޓްބޯޅާގައި ގިނަ ކާމިޔާބުތަކެއް ހޯދާފައިވާ އަލީ ވަހީދު (ބަލަކް) ގެ ކްލަބަކީ އެޓޯލްސް ފުޓްބޯޅަ ކްލަބެވެ. އެ ކްލަބުން ކުރިއަށް އޮތް ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް އަންނަނީ ތައްޔާރުވަމުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ބަލަކަކީ އެޓޯލްސް ފުޓުބޯޅަ ކުލަބުގެ ހެޑް ކޯޗެވެ. އެ މަގާމަށް އައުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ވިލާތުގެ ކުލަބަކަށް ކޯޗުކަން ކޮށްދީ، އެކުލަބަށް ތައްޓެއް ކާމިޔާބު ކޮށްދީފައެވެ. ސައުތު ލަންޑަންގެ އެންމެ މޮޅު ކޯޗަކަށް މިއަހަރު ހޮވުނީވެސް ބަލަކްއެވެ. 

ބަލަކުގެ އެސިސްޓެންޓަކަށް ހަމަ ޖެއްސި ނިޔާއަކީ، ބަލަކްގެ ޗެއާމަންކަމުގައި ނިއުރޭޑިއަންޓުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅުނު ކުޅުންތެރިއެކެވެ. ނިޔާވަނީ ނިއުއާއެކު ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ އިތުރުން އޭއެފްސީ ކަޕުގައިވެސް ނިއުއަށް މޮޅަށް ކުޅެފައެވެ. އަދި ނިޔާއަކީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް ކޯޗުންގެ ތެރޭގައި ހިމެނޭ އެކަކެވެ.

 އެޓޯލްސް ފުޓުބޯޅަ ކުލަބާއެކު ބަލަކް ވަނީ އަމާޒުތަކެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން އެކުލަބުގެ އެންމެ ފުރަތަމަ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ ނެޓްވޯކެއްގައި ހިމެނުމެވެ. އެއަށްފަހު ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ގައުމީ ލީގު ޗެމްޕިއަނުންނަށްވާން އަމާޒު ހިފާފައިވާއިރު، 10 އަހަރު ދުވަހުގެ ތެރޭގައި އޭއެފްސީ ކަޕް ކާމިޔާބު ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މީގެ އިތުރުން 15 އަހަރުގެ ތެރޭގައި ޕްރޮފެޝަނަލް ޤައުމީ ޓީމެއް އެކުލަވާލުމަށްފަހު، 20 އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ފީފާ ވޯލްޑް ކަޕަށް ކޮލިފައި ކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

އަލީ ވަހީދަކީ ކުރިން ވެސް ދިވެހި ފުޓުބޯޅައިގައި މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ފަރާތެކެވެ. ގައުމީ ޓީމުގެ މެނޭޖަރުކަމާއި ނިއު ރޭޑިއަންޓްގެ މެނޭޖަރުކަން ވަނީ ކޮށްފައެވެ. އެއަށްފަހު ނިއުގެ ޗެއާމަންކަމާއި ހަވާލުވެ އޭނާ ވަނީ އެކުލަބާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައެވެ.

73%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް