ads
އިންތިހާބީ ރައީސްގެ ތަރުޖަމާން ފިރުޒުލް: ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަކީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ހިނގަމުންދާ ސަރުކާރުން ހުށަހެޅި ބަޖެޓެއް ކަމަށް - ފޮޓޯ:މުއިއްޒު މީޑިއާ
ސަޕްލިމެންޓަރީ ބަޖެޓް މި ސަރުކާރުން ހުށަހެޅީ މި އަހަރުގެ ބަޖެޓު ފޫބައްދަން
ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ފޮނުވާފައިވާ ސަޕްލިމެންޓަރީ ބަޖެޓަކީ މި އަހަރުގެ ބަޖެޓު ފޫބެއްދުމަށް ހިނގަމުންދާ ސަރުކާރުން ފޮނުވި ބަޖެޓެއް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓަކީ ސަރުކާރުން ހުށަހަޅާ ބަޖެޓެއް ކަމަށާއި ހިނގަމުންދާ ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކަންކަން ހަމަނުޖެހިދާތީ އެ ކަންކަން ފޫބެއްދުމަށް ނިންމި ނިންމުމެއްގެ ތެރެއިން ފޮނުވި ބަޖެޓެއް ކަމަށެވެ.

މަޖިލީހަށް ފޮނުވި ސަޕްލިމެންޓަރީ ބަޖެޓަކީ އިންތިހާބީ ރައީސްގެ އެދުމަކަށް ނުވަތަ އެފަދަ މަޝްވަރާއެއްގެ ތެރެއިން ހުށަހެޅި ބަޖެޓެއް ނޫން ކަމަށް ފިރުޒުލް ވިދާޅުވިއެވެ. ފިރުޒުލް ވިދާޅުވެފައިވަނީ ބަޖެޓުގެ ތެރެއިން ލިބުނު ކުޑަކުޑަ "ވިންޑޯ" އެއްގެ ތެރެއިން ބައެއް ކަންކަން ހިމެނުމުގެ ފުރުސަތު ލިބުނު ކަމަށާއި ބަޖެޓު ހުށަހެޅިގެން ދަނީ އެ ކަންކަމާ އެކުގައި ކަމަށެވެ.

ބަޖެޓު އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ލިބުނު ކުޑަ "ވިިންޑޯ" ގެ ތެރެއިން އަމާޒަކަށް ހެދީ އަލަށް ފެށިގެންދާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބޭނުންވާ މަސައްކަތްތައް ފަށައިގަތުމުގެ ބިންގާ އެޅިގެން އެ ކަންކަމަށް މަގުފަހިކުރުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް