ads
ނާހިލް އާއި އަހުނާ، ފޮޓޯ: ކުޅުދުއްފުށި ސިޓީ ކައުންސިލް
ޖޫނިިއާ މުބާރާތުގެ އެއްވަނަ ނާހިލް އާއި އަހުނާއަށް
ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ އެސްޓީއޯ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތުލީޓުންނަށް އިބްރާހިމް ނާހިލް ނިޒާރު އަދި އަހުނާ ނިޒާރު ހޮވިއްޖެއެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނާހިލް ވަނީ މި މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދާފައެވެ. އަދި ޖަލާލުއްދީން ސްކޫލްގެ އަހުނާ ވަނީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދާފައެވެ. 

ނާހިލް ވަނީ މިފަހަރުގެ މުބާރާތުގައި އޭނާ ވާދަކުރި ތިން އިވެންޓުންވެސް އެއްވަނަ ހާސިލްކޮށްފައެވެ. އޭނާ ބައިވެރިވީ ފިރިހެން ކުދިންގެ 20 އަހަރުން ދަށުގެ ލޯންގް ޖަމްޕް، 200 މީޓަރުގެ ދުވުން އަދި 100 މީޓަރުގެ ދުވުމުގައެވެ. 

އަހުނާ ވަނީ 17 އަހަރުން ދަށުގެ އަންހެން ކުދިންގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުގެ އިތުރުން ޓްރިޕަލް ޖަމްޕްގެ ރަން މެޑަލް ހާސިލްކޮށްފައެވެ. 

ނާހިލް އާއި އަހުނާ ވަނީ މި ދެއެތުލީޓުން ބައިވެރިވި އުމުރުފުރާގެ އެންމެ މޮޅު އެތުލީޓުގެ މަގާމުވެސް ހޯދާފައެވެ. މީގެ އިތުރުން، ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ޓީމަކަށް ހޮވުނީ ނާހިލް ތަމްސީލްކުރާ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންއެވެ. އަދި އަންހެން ޑިވިޝަންގެ އެންމެ މޮޅު ޓީމަކީ އަހުނާ ތަމްސީލްކުރި ޖަލާލުއްދީން ސްކޫލެވެ. 

ކުޅުދުއްފުށި ސިޓީގައި ބޭއްވި މިމުބާރާތުގައި 35 ސްކޫލަކުން ވާދަ ކުރިއެވެ. މުބާރާތުގައި 1124 އެތުލީޓުން ވާދަ ކުރިއެވެ. މުބާރާތުގައި ވާދަކުރީ 505 އަންހެން އެތުލީޓުންނާއި، 619 ފިރިހެން އެތުލީޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް