ads
މާކް ގިއޫ
މާކް ގިއޫ، 33 ސިކުންތު ތެރޭ ލަނޑުޖަހާ ރެކޯޑު ހަދައިފި
ބާސެލޯނާގެ ޒުވާން ފޯވާޑް މާކް ގިއޫ އެޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ރެކޯޑު ހަދައިފިއެވެ.

ބާސެލޯނާގެ ސީނިއާ ޓީމަށް އޭނާ އެންމެ ފުރަތަމަ ކުޅުނީ ރޭ، އެތުލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. މި މެޗުގައި ގިއޫ ކުޅެން އެރީ ފާމިން ލޮޕޭޒްގެ ބަދަލުގައި 79 ވަނަ މިނެޓުގައެވެ. 

އޭނާ ކުޅެން އެރިތާ 33 ވަނަ މިނެޓުގެ ތެރޭގައި ގިއޫ ވަނީ ލަނޑުޖަހާފައެވެ. މިއީ ބާސެލޯނާގެ ޓީމަށް ކުޅުންތެރިއަކު ޖަހައިދިން އެންމެ އަވަސް ލަނޑެވެ. ބާސެލޯނާގެ ސީނިއާ ޓީމަށް ރޭ އޭނާ ފުރަތަމަ ފަހަރަށް ކުޅުނުއިރު، ގިއޫގެ އުމުރަކީ 17 އަހަރެވެ. 

އެތުލެޓިކް ބިލްބާއޯ އާއި ދެކޮޅަށ ް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. 

މި ނަތީޖާއާއެކު ޖުމްލަ 24 ޕޮއިންޓު ހޯދައިގެން ބާސެލޯނާ ވަނީ އަނެއްކާވެސް ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެއްވަނާގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 25 ޕޮއިންޓެވެ. 

މި ދެޓީމު ލީގުގައި ބައްދަލުކުރާ އެލް ކްލެސިކޯ މެޗު މިއަންނަ ހޮނިހިރު ދުވަހުގެރޭ އޮންނާނެއެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް