ads
ކުނބުރުދޫ ސްކޫލާއި ކ.އަތޮޅު މަދަރުސާ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ
ކުނބުރުދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާގެ ޓީމުތައް ފެށީ މޮޅަކުން
މިހާރު ކުރިއަށްދާ ވީއޭއެމް އިންޓަ-ސްކޫލް ވޮލީބޯޅަ މުބާރާތުގައި ކުނބުރުދޫ ސްކޫލް އަދި ފ.އަތޮޅު މަދަރުސާގެ ޓީމުތަކުން މުބާރާތުގައި ފެށުން ވަރުގަދަ ކޮށްފިއެވެ.
Advertisement

16 އަހަރުން ދަށުގެ އުމުރުފުރާގައި ކުނބުރުދޫ ސްކޫލްގެ ފިރިހެން ޓީމު ވާދަކުރީ ކަލާފާނު ސްކޫލާއެވެ. މި މެޗު ކުނބުރުދޫ ސްކޫލުން ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. ދެސެޓުވެސް ކާމިޔާބުކުރީ 25-14 އިންނެވެ. މި އުމުރުފުރާގެ އަންހެން ޑިވިޝަނުގައި ކ.އަތޮޅު މަދަރުސާ އާއި ވާދަކޮށް ކުނބުރުދޫ ސްކޫލުން ކުރިހޯދީ ސީދާ ދެސެޓުންނެވެ. ސެޓުތައް ކާމިޔާބުކުރީ 25-17 އަދި 25-15 އިންނެވެ. 

ފ. އަތޮޅު މަދަރުސާއިން 16 އަހަރުން ދަށުގެ އުމުރުފުރާގައި މަޖީދިއްޔާ ސްކޫލުގެ މައްޗަށް ސީދާ ދެސެޓުން ކުރިހޯދިއިރު، ސެޓުތައް ކާމިޔާބުކުރީ 25-7 އަދި 25-14 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފ.އަތޮޅު މަދަރުސާގެ އަޒާން ފަތުހުﷲއެވެ. މި އުމުރުފުރާގެ އަންހެން ޑިވިޝަނުގައި އިމާދުއްދީން ސްކޫލާއި ވާދަކޮށް ފ.އަތޮޅު މަދަރުސާއިން މެޗު ކާމިޔާބުކުރީ 25-13 އަދި 25-14 އިންނެވެ. 

your imageއިމާދުއްދީން ސްކޫލާއި ފ.އަތޮޅު މަދަރުސާ ބައްދަލުކުރި މެޗުގެ ތެރެއިން، ފޮޓޯ: ޑިޖިޓަލް ސްޓޫޑިއޯ

މީގެ އިތުރުން، ފ. އަތޮޅު މަދަރުސާއިން ވަނީ 14 އަހަރުން ދަށުގެ ފިރިހެން ޑިވިޝަނުގައި ކެޔޮދޫ ސްކޫލުގެ މައްޗަށް ސީދާ ދެސެޓުން ކުރި ހޯދާފައެވެ. ސެޓުތައް ކާމިޔާބުކުރީ 25-12 އަދި 25-13 އިންނެވެ. 

މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، 16 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ޑިވިޝަނުގައި ދަނގެތީ ސްކޫލުން އިމާދުއްދީން ސްކޫލްގެ މައްޗަށް ކުރިހޯދީ 25-20 އަދި 25-22 އިންނެވެ. ހަމައެހެންމެ، މި އުމުރުފުރާގައި ތާޖުއްދީން ސްކޫލާއި ވާދަކޮށް ވ.އަތޮޅު ތައުލީމީ މަރުކަޒުން ވަނީ 25-22 އަދި 25-20 އިން މެޗު ކާމިޔާބު ކޮށްފައެވެ. 14 އަހަރުން ދަށުގެ އުމުރުފުރާގައި ތާޖުއްދީ ސްކޫލާއި ވާދަކޮށް މަޖީދިއްޔާ ސްކޫލުން ކުރިހޯދީ ދެސެޓު އެއް ސެޓުންނެވެ. ސެޓުތައް ނިމުނީ 25-19، 22-25 އަދި 15-10 އިންނެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް