ads
އުތުރު ތިލަފަޅު
ދެ ވަނަ ބުރުގެ ގޯތި މި ދައުރަކު ނުދޭނެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުވާލި ބިންވެރިއާ ސްކީމުގެ ދަށުން ދެވަނަ ބުރަާށަށް ގޯއްޗަށް ހުށަހެޅި ހުރިހާ ފޯމެއް އިވަލުއޭޓުކޮށް ނުނިމޭނެތީ މި ދައުރުގަ އެ ގޯތިތައް ނުދެވޭނެކަމަށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެއެވެ.

އަކްރަމް ވިދާޅުވީ 40،904 ފޯމު ހުށަހަޅާފައިވާކަމަށެވެ. އަދި އެ ފޯމުތައް އިވަލުއޭޓުކުރަން އަވަސް އަރުވާލަން ބޭނުންނުވާކަމަށެވެ. 

"މިހާ ގިނަބަޔަކު ފޯމު ހުށަހެޅުމުން އެނގެނީ ދިވެހި ރައްޔިތުން ބޯހިޔާވެހިކަމަށް ބޭނުންޖެހިފައި ހުރި މިންވަރު،" -އަކްރަމް- 

އަކްރަމް ވިދާޅުވީ ދެވަނަ ބުރުގެ ގޯތި ދިނުމަށް ނިންމާފައިވާ އިތުރުތިލަފަޅު ވެސް އަދި ހިއްކާ ނުނިމޭކަމަށެވެ. އަދި ކުރީ ސަރުކާރު ގޮތައް ނުހިންކާ ތަންތަނުން ރައްޔިތުންނަށް ގޯތި ނުދޭނެކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. 

އަކްރަމް މިހެން ވިދާޅުވެފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާން ފިރްޒުލް ވެސް ވިދާޅުވެފައިވަނީ ދެ ވަނަ ބުރުގަ ގޯއްޗަށް ކުރިމަތިލި މީހުންނާމެދު އަދި ގޮތެއް ނުނިންމާކަމަށެވެ. އަދި އެ މައްސަލައާމެދު މަޝްވަރާކުރަމުން އަންނަކަމަށެވެ. 

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެންމެ ހަފްތާއަކަށް ވެފައިވަނިކޮށް ގޯތި ދޫކުރަން ހުޅުވާލުމުން ރައީސް ސޯލިހާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވެސް އަމާޒުވިއެވެ. 

71%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް