ads
އާދިއްތަ ދުވަހަކީ ޖީއެސްޓީގެ މުހިންމު ސުންގަޑިއެއް ކަމަށް މީރާއިން ވަނީ ބުނެފައި - ފޮޓޯ:މީރާ
އާދިއްތަ ދުވަހަކީ ޖީއެސްޓީގެ މުހިންމު ސުންގަޑިއެއް
އަންނަ އާދިއްތަ ދުވަހަކީ ނިމިދިޔަ މަހާއި މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

މި ސުންގަޑިއަކީ އެ އޮތޯރިޓީގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް ޖީއެސްޓީ ބަޔާން ހުށަހަޅަންޖެހޭ ސުންގަޑި ކަމަށް މީރާއިން ބުނެ އެވެ. މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވި ނަމަވެސް، ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ނަމަ ޖީއެސްޓީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް މީރާއިން ހަނދާންކޮށްދެ އެވެ. 

މީރާއިން ބުނީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ސުންގަޑިއަށް ބަޔާން ހުށަހަޅާ މިންވަރު އެންމެ ދަށްކޮށް އުޅެނީ އެންމެ ކުދި ވިޔަފާރިތަކުން ކަމަށާއި ތަކުރާރުކޮށް ސުންގަޑިއަށް ޓެކްސް ބަޔާން ހުށަނާޅާނަމަ، އެ ފަރާތްތަކުގެ ޓެކުހާ ގުޅޭ ޖޫރިމަނާ ލުއިކޮށްދިނުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ.

ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާ އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެ އެވެ.

މީރާއިން ބުނި ގޮތުގައި އެ އޮތޯރިޓީގެ ހިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ހިދުމަތްތަކަކަށްވެފައި، މި ފަހަރުގެ ޖީއެސްޓީ ބަޔާންވެސް އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމުގަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ބުނެ އެވެ.

ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސް ނުކޮށް އެ އޮތޯރިޓީން އެހީތެރިކަން ހޯދުމަށް މީރާއިން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް