ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފަ އޮތީ އާދިއްތަ ދުވަހުއެވެ. ނަމަވެސް އީވާ އާލާސްކަންފުޅާ އުޅުއްވާތީ އެ ދުވަހުގެ ޖަލްސާ ނުބެލެހެއްޓެވުމަކީ އެކަށީގެންވާކަމެއްކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
"އީވާ އަބްދުﷲ ޖަލްސާގެ ރިޔާސަތަށް ނޭރުން ނުވަތަ ޖަލްސާގެ ނިޒާމު ގެއްލުވާލުން އެއީ ކުރެވިދާނެ ކަމެއް. ނަމަވެސް އެ ދެ މައްސަލައަށް ވެސް އެމްޑީޕީން ހައްލެއް ހޯދާފައިވާނެ. މިފަހަރު އެމްޑީޕީން ފަހަތަށް ނުޖެހޭނެ،" ނިޔާޒް މިއަދު ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން އެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަަވަން ޖެހޭނީ މަޖިލީހުގެ ނައުބު ރައީސް އަށެވެ.
ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހުގަ އެޖެންޑާކޮށްފައިވާއިރު، އެ މައްސަލަ ހުށަހަޅާފަ ވަނީ އެމަނިކުފާނު ކުރިން ރައީސްކަން ކުރެއްވި އެމްޑީޕީންނެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެ ވަޑައިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅުވަޑައިގަތީ، މި ނިމުނު ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ޖެހިވަޑައިގަތް މައްސަލައިގެ ތެރެއިންނެވެ.