ads
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން
އުރުދުއާން ހުޅަނގަށް: ތިއުޅެނީ ސޮލީބާއި ހަނދުފަޅީގެ މެދުގައި ހަނގުރާމަ ފަށަން؟
ހުޅަނގުން އުޅެނީ މުސްލިމުންނާއި ނަސާރާއިން ދެމެދު ހަނގުރާމައެއް ފަށުވަން ކަމަށް ސިފަކުރައްވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވާހަކަދައްކަވައިފި އެވެ.

ފަލަސްތީނަށް އޮތް ތާއީދު ހާމަކުރަން އިސްތާންބޫލްގައި ބޭއްވި އެއްވުމެއްގައި ރައީސް އުރުދުއާން ވަނީ އިޒްރޭލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އުރުދުއާން ވަނީ އިޒްރޭލު މީހުން މެދުއިރުމައްޗަށް އައިގޮތާމެދު ސުވާލުކުރައްވާފައެވެ. އިޒްރޭލަަކީ ދައުލަތެއް ނޫންކަމަށާއި އެއީ ގުރޫޕެއް ގޮތުގައި އުރުދުއާން ވަނީ ސިފަކުރައްވާފައެވެ.

ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެއް ނޫންކަމަށް މީގެ ކުރިން ވިދާޅުވުމުން އިޒްރޭލުން އެކަމާ ހިތްހަމަނުޖެހުންކަން ފާހަގަކޮށް އުރުދުއާން ވަނީ އެއީ އެބޭނުމުގައި ކުރިކަމެއް ކަމަށް ވިދާޅުވެފައެވެ.

your imageތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން މިއަދު ބޭއްވި އެއްވުމުގެ ތެރެއިން—

އިޒްރޭލަކީ ހަނގުރާމައިގެ ޖަރީމާ ހިންގާ ބައެއްކަމަށް އިއުލާނު ކުރައްވާނެކަމަށާއި މިހާރު އެ މަސައްކަތް ކުރައްވަމުން އަންނަކަމަށް ވިދާޅުވި އެވެ.

އުރުދުއާންގެ ވާހަަކަފުޅުގައި ފަލަސްތީނު މައްސަލައިގައި ހުޅަނގުގެ ގައުމުތަކަށް ވެސް ވަނީ އިންޒާރުދީފާއެވެ. 

"އޭ ހުޅަނގުގެ މީހުންނޭ. ތިއުޅެނީ ސޮލީބީންނާއި(ނަސާރާއިން) ހަނދުފަޅީ(މުސްލިމުން)ގެ މީހުން މެދުގައި ހަނގުރާމައެއް ފަށަން.؟ އެހެންވިއްޔާ އަހަރުމެން ދިރިތިބިކަން ދަންނާތި.! އަހަރުމެން މިތިބީ ވަރަށް ސާބިތުކަމާއެކު. އަހަރުމެން ލިބިޔާގައި ތިބިން. އަހަރުމެން ކާރަބާކްގައިވެސް ތިބިން. ހަމަ އެފަދައިން އަހަރުމެން މެދުއިރުމަތީގަވެސް ތިބޭނަން". އުރުދުއާން ވިދާޅުވި އެވެ.

އުރުދުއާން ވަނީ ހުޅަނގުގެ ގައުމުތަކުން އިޒްރޭލަށް ދަރާފަ ތިއްބަސް ތުރުކީން އިޒްރޭލަށް ދޭންޖެހޭ އެއްވެސް އެއްޗެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ.

އުރުދުއާން މިފަދަ ގޮތަކަށް ވާހަކަދައްކަވާފަ މިވަނީ ގައްޒާގެ މުވާސަަލަތީ ހިދުމަތްތައް މުޅިން ހުއްޓުވުމަކަށް ގެނެސް އިޒްރޭލުން ގައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުން އަންނަ ދަނޑިވަޅެއްގައެވެ.

ގައްޒާގައި ނަސްލެއް ނައްތާލުމުގެ ބިރުހީވެފައިވާއިރު މިހާރު ގައްޒާއި ދުނިޔެއާއި މުވާސަލީ ގުޅުން ވަނީ ކެނޑިފައެވެ.

އިޒްރޭލުން ވަނީ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް 7،000 ވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައެވެ.

78%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް