ads
އީވާ އަދި އާޒިމް
އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެއްޖެ: އާޒިމް
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ޑެންގޫ ހުމަށް ޕޮޒިޓިވް ވެވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ ޑެންގޫ ހުމަށް ޕޮޒިޓިވް ވެވަޑައިގެންފައިވާ ކަމަށް މައިނޯރިޓީ ލީޑަރު އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އީވާއަށް ވަޑައި ނުގެންނެވުމުން ޖަލްސާ ކެންސަލްވެފައިވަނިކޮށެވެ. މިއަދުގެ ޖަލްސާއަށް އީވާއަށް ވަޑައިނުގެންނެވުނު އިރު މިއަދުގެ ޖަލްސާގައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް ހުށަހަޅާފައި އޮތް ގަރާރުގެ މައްސަލައެވެ.  

މިއަދުގެ ޖަލްސާ ކެންސަލްވީކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ޖަލްސާ މިއަދު ނުބޭއްވެނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާކަން އަންގަވާފަވާތީކަމަށެވެ. މިއަދު ޖަލްސާ ނުބޭއްވުނު ނަމަވެސް، މާދަމާއަށް ވެސް ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ހުށަގަޅާފައިވާ ގަރާރު އެޖެންޑާކޮށްފައިވާނެކަމަށް ނިއުޝާ ވިދާޅުވިއެވެ. 

ރައީސް ނަޝީދު މަގާމުން ދުރުކުރުމަށް ހުށަހަޅާފައިވަނީ އެމްޑީޕީގެ 48 މެންބަރުން ސޮއިކޮށްފައިވާ ގަރާރެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް