ނިޒާރު މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްނަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ދެ ދުވަހު މަސައްކަތް ކޮށްގެންވެސް އެކަން ނުކުރެވުމާއި ގުޅިގެންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީ މޭޔަރު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ފެންނަ އަމަލުތަކަކީ 18 ވަނަ މަޖިލީހުން ވެސް ފެނިގެން ދިތަ ހުދުމުުހުތާރު ސިފަތަކެއް ކަމަށެވެ.
"މަޖްލިސްގެ ގަވާއިދާއި ގާނޫނުން އެފަދަ ފުރުސަތުހަނިކުރުން މުހިއްމު.ނިޒާމް ޑިމޮކްރެޓިކް ވިޔަސް ޕާޓީ އަށްޑިމޮކްރެޓިކް ކިޔާ ނަންދިނަސް މީހާ ޑިމޮކްރެޓިކް ނުވެދާނެ،" -ނިޒާރު-
ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން އެޖެންޑާކުރި ނަމަވެސް، އެ މައްސަލަ ދެ ދުވަހުވެސް ކުރިއަށް ނުގެންދެވުނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލަސްކަންފުޅާ އުޅުއްވާތީއެވެ. އެކަމަނާއަށް ޑެންގޫ ޖެހިފައިވާކަމަށް އެކަމަނާ ނިސްބަތްވާ ދަ ޑިމޮކްރެޓްސް ޕާޓީން ވަނީ ބުނެފައެވެ.
މަޖިލީހުގެ ރައީސް އަދި ނައިބުރައީސް ނިސްބަތްވަނީ ދަ ޑިމޮކްރެޓްސް އަށެވެ.