ads
ރޮޒޭނާ އަދި ރައީސް ނަޝީދު
ަޑިމޮކްރަސީގެ ބައްޕަ އުޅުއްވަނީ ވޯޓަށް ފިއްލަވައިގެން: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވަނީ ވޯޓަށް ފިއްލަވައިގެންކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްވަމުން ރޮޒައިނާ ވިދާޅުވީ ޑިމޮކްރަސީގެ "ބައްޕަކަމަށް" ވަކާލާތު ކުރައްވާ ބޭފުޅަކު ކުރައްވާނެ އެންމެ ހަޑިހުތުރުކަމަކީ ވޯޓަށް ފިއްލެވުންކަމަށެވެ. 

ރޮޒައިނާ ވިދާޅުވީ ޑޮމޮކްރެޓިކް ވެއްޓެއްގައި އެންމެ އަސާސީ އެއްކަމަކީ ވޯޓުލައިގެން ކަންކަން ނިންމުމަކަށެވެ. 

"މިއަށް ވުރެ ލަދުވެތި ކަމެއް އޮންނާނެތޯ؟ ޑިމޮކްރެޓިކް ވެއްޓެއްގައި ޑިމޮކްރަސީގެ ބައްޕައޭ ކިޔައިގެން އުޅުއްވި ބޭފުޅަކު މިއަދު ޑިމޮކްރަސީގެ ބޭސިކް ޕްރިންސިޕަލް އެއީ ވޯޓަކުން ކަން މަޖިލީހުގެ ރިޔާސަތުގައި އިންނަ މީހަކު އިންނަން ޖެހޭނީ،"

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ މެންބަރުން އިތުބާރު ނުކުރައްވާ ބޭފުޅަކަށް މަޖިލީހުގަ ނީދެވޭނެކަމަށެވެ. އަދި އިތުބާރު ނެތްކަން ނުވަތަ އޮތްކަން ކަނަޑައަޅަނީވެސް ވޯޓަކުންކަމަށެވެ.

"ރިޔާސަތުގަ އިނދެވޭނީ މަޖިލީހުގެ މެމްބަރުންގެ އިތުބާރު އެ މީހާކަ މެދު އޮތް ހާލަތެއްގައި ކަަމަށް. އިތުބާރު ނެތް ކަމަށް ބަލަނީ ވޯޓަކުން. ވޯޓަށް ފިއްލަވައިގެން އުޅުއްވަނީ. ވޯޓަށް ފިއްލަވައިގެން އުޅުއްވުމަށް ވުރެ ހަޑި ހުތުރު އަމަލެއް ކުރެއްވޭނެތޯ ޑިމޮކްރެޓިކް ވެއްޓެއްގައި؟،"

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާއެކުއެވެ. އެ ގާރާރު އާދިއްތަ ދުވަހު އެޖެންޑާކުރި ނަމަވެސް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ އެކަމަނާ ސަލާން ފޮނުއްވުމުން މަޖިލީހުގެ ޖަލްސާއެއް ނުބޭއްވުނެވެ. 

މިއަދުވެސް އެ މައްސަލަ އެޖެންޑާކުރިއެވެ. ނަމަވެސް އީވާ ސަލާން ފޮނުއްވުމުން މިއަދުވެސް މަޖިލިސް ޖަލްސާއެއް ނުބޭއްވުނެވެ. ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ އީވާ އުޅުއްވަނީ ޑެންގޫ ހުން ޖެހިވަޑައިގެންކަމަށެވެ. 

އަންގާރަ ދުވަހަށް އަލުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރު ވަނީ އެޖެންޑާކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް