ads
ރަޝިޔާގެ ރައީސް ލަޑިމީއަ ޕުޓިން-
އަހަރުމެންގެ ދުޝްމަނުންނާއި ފަލަސްތީންގެ ދުޝްމަނުންނަކީ އެއްބަޔެއް: ޕުޓިން
ރަޝިޔާގެ ދުޝްމަނުންނާއި ފަލަސްތީންގެ ދުޝްމަނުންގެ ގޮތުގައި ތިބީ އެއްބައެއް ކަމަށް ރަޝިޔާގެ ރައީސް ލަޑިމީއަ ޕުޓިން ވިދާޅުވެއްޖެ އެވެ.
Advertisement

މެދުއިރުމަތީގެ މަޝްރަހާ ގުޅޭ ގޮތުން ސެކިއުރިޓީ ކައުންސިލް އާއި ރަޝިޔާ ސަރުކާރުގެ އިސްވެރިންނާއި ބައްދަލުކުރައްވަމުން ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން އަބަދުވެސް މަސައްކަތް ކުރަނީ މެދުއިރުމަތީގައި ބައިބައިވުން އުފެއްދުމަށް ކަމަށެވެ.

your imageޕުޓިން ރަޝިޔާގެ ސެކިއުރިޓީ ކައުންސިލާއި ބައްދަލުކުރައްވަނީ—

ދުނިޔޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ހަމަނުޖެހުންތަކުންވެސް ފައިދާއެއް ވާޔަކަށް ތިބީ އެމެރިކާގެ ސަރުކާރު ކޮންޓްރޯލްކުރާ މީހުންކަމަށް ޕުޓިން ވިދާޅުވި އެވެ.

ޕުޓިން ވަނީ މެދުއިރުމަތީގައި ފެންނަނީ ވަކިބަޔަކު ކުށްވެރިވާ ކަމެއްގައި އެބަޔަކަށް އަދަބެއް ދިނުމުގެ ބަދަލުގައި ބޮޑު އާބާދީއެއް އެކަމުގެ ޒިންމާ ނަގަންޖެހޭގޮތައް އަދަބުދޭ މަންޒަރުކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ މެދުއިރުމަތީގެ ސިޔާސަތުތަކަކީ އެެއްވެސް އަމިއްލަ އެދުމެއްނެތި ކަނޑައަޅާފައިވާ ސިޔާސަތުތަކެއް ކަމަށާއި މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތައް ހުއްޓޭނީ ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް އުފައްދައިގެންކަމަށް ފަަހަގަކުރެއްވި އެވެ.

 "ލޭ އޮހޮރުވާލައިފައިވާ، މަރުވެފައިވާ ކުދިންނާއި، މުސްކުޅިންގެ ތަކުލީފާއި، މެދުއިރުމަތީގައި ޑޮކްޓަރުންގެ މަރުގެ މައްޗަށް ބަލާއިރު، އަތްމުށްކެވި ނަމަވެސް ޖަޒުބާތުގައި ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ރަޝިޔާގެ ރައީސް ވިދާޅުވި އެވެ.

ޖަޒުބާތުގައި ނުޖެހެން ޕުޓިން ގޮވާލައިފައިމިވަނީ އިޒްރޭލުން ރަޝިޔާގެ ޑަޖެސްތާނަށް ޓްރާންސިޓަށް  ފްލައިޓެއް ޖެއްސި ވަގުތު ބަޔަކު އެއާޕޯޓް ސެކިއުރިޓީ ފޫއަޅުވާލާ ފްލައިޓަށް އަރައި އޭގެ ތިބި މީހުންގެ ޕާސްޕޯޓް ޗެކްކުރުމުންނެވެ.

އިޒްރޭލުން ގައްޒާގައި ހިންގަމުން އަންނަކަންކަމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެކަންތަކެއް ނޫންކަމަށް ވިދާޅުވި އެވެ.  

ރަޝިޔާ އާއި ދެކޮޅަށް ޔޫކްރެއިންގައި ހަނގުރާމަކުރަނީ އިރާގު، ލިބިޔާ، އަފްގާނިސްތާން، ސީރިއާ އަދި ފަލަސްތީނާ ދެކޮޅަށް ވެސް ހަނގުރާމަކުރާ މީހުންނަށް ސަޕޯޓްކުރާ މީހުންކަން ފާހަގަކޮށް ޕުޓިން ވަނީ ފަލަސްތީނާ ރަޝިޔާގެ ދުޝްމަނުންނަކީ އެއްބައެއް ގޮތުގައި ސިފަކޮށްފައެވެ.

ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި ރަޝިޔާއިން ހިންގާ ސްޕެޝަލް އޮޕަރޭޝަންގެ ސިފައިން ހަނގުރާމަކުރަމުން ދަނީ ނުބައިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި، އެތަނުގައި ފަލަސްތީން ހިމެނޭ ގޮތަށް މުޅި ދުނިޔޭގެ މުސްތަގުބަލު ނިންމަމުންދާ ކަމަށެވެ.

88%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް