ads
ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް
ފިނޭންސް މިނިސްޓަރު އަމީރު ގާނޫނު އަސާސީއާ ހިލާފުވެއްޖެ: އާޒިމް
ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރަހިމް އަމީރު މިއަދު މަޖިލީހަށް ހާޒިރު ވެފައިނުވާތީ އެމަނުކުފާނު ގާނޫނު އަސާސީއާ ހިލާފުވެ ވަޑައިގެންފިކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިނުގަތީ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންގޮސް، އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފިނޭންސް މިނިސްޓަރަށް ލަފާދެއްވާފައިވާތީއެވެ. 

މި މައްސަލައާ ގުޅޭގޮތުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އާޒިމް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ.

"ރިފްއަތުގެ ލަފާއާ އެއްގޮތަށް އަމަލުކޮށް މިނިސްޓަރު އަމީރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފަ. މިނިސްޓަރު އަމީރާ ދޭތެރޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅު އެޅެންޖެހޭ. ކޮންމެވެސް ކޯޓަކުން ކޮންމެ ވެސް ފަރާތަކުން އެކަމާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް،" -އާޒިމް-

އާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަހުށަނޭޅެނީސް، އެއީ ހުށަހެޅުނު މައްސަލައެއްކަމަށް ނުބެލޭނެކަމަށެވެ. އެހެންކަމުން މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ރައީސް ނަޝީދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ އެމްޑީޕީން ވައްދާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް