ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ - ފޮޓޯ:މަޖިލިސް
ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރަން: އަމީރު
ފާއިތުވީ ފަސް އަހަރު ދުވަހުގެތޭގައި ގާނޫނާއި އަދި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އަދި މިހާރުވެސް އެފަދަ ކަމެއް ނުކުރައްވާކަަށް ފިނޭންސް އިބްރާހިމ މިނިސްޓަރު އަމީރު ވިދާޅުވެއްޖެއެވެ.
Advertisement

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއެއްގަ އަމީރު ވިދާޅުވީ، މުސްތަގުބަލުގައި ކަން ހިނގާނެގޮތެއް އެނގި ނުލައްވާކަމަށެވެ. 

"ޤާނޫނާއި ޤަވާއިދުތަކާއި ހިލާފަށް ކޮށްފައި އޮތް އެއްވެސް ކަމެއް ނޯންނާނެ. އެއީ ހަމައެކަނި މިއަދުގެ ވާހަކަ ނޫން.  މި 5 އަހަރުވެސް އެފަދަ ކަމެއް ނުކުރަން،" -އަމީރު-

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ، ބަޖެޓު ހުށަހެޅުއްވުމަށް އޭނާ މިއަދު މަޖިލީހަށް ހާޒިރު ވެފައިނުވާތީ ގާނޫނު އަސާސީއާ ހިލާފުވެ ވަޑައިގެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވާތީއެވެ. 

ފިނޭންސް މިނިސްޓަރު މިއަދު މަޖިލީހަށް ވަޑައިނުގަތީ މަޖިލީހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު ކުރިއަށް ނުގެންގޮސް، އިތުރު މަސައްކަތެއް ކުރިއަށް ނުގެންދެވޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާކަމަށް ވިދާޅުވެ ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ފިނޭންސް މިނިސްޓަރަށް ލަފާދެއްވާފައިވާތީއެވެ. 

މި މައްސަލައާ ގުޅޭގޮތުން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އާޒިމް ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރުމަށް، އެއްވެސް ފަރާތަކަށް ބަންޑާރަ ނައިބަކަށް ލަފާ ނުދެއްވޭނެ ކަމަށެވެ.

"ރިފްއަތުގެ ލަފާއާ އެއްގޮތަށް އަމަލުކޮށް މިނިސްޓަރު އަމީރު އެ ވަނީ ގާނޫނުއަސާސީއާ ހިލާފުވެފަ. މިނިސްޓަރު އަމީރާ ދޭތެރޭ ކޮންމެވެސް ހިސާބަކުން ފިޔަވަޅު އެޅެންޖެހޭ. ކޮންމެވެސް ކޯޓަކުން ކޮންމެ ވެސް ފަރާތަކުން އެކަމާ ދޭތެރޭ ފިޔަވަޅު އެޅެންޖެހޭ. ގާނޫނުއަސާސީގެ 96ވަނަ މާއްދާގައި ވަރަށް ސާފުކޮށް ލިޔެފައި އޮވޭ މަޖިލީހަށް ބަޖެޓް ހުށަހަޅަންޖެހޭނެ ކަމަށް. ހުށަހަޅަންޖެހޭނީ މިނިސްޓަރު ކަމަށް،" -އާޒިމް-

އާޒިމް ވިދާޅުވީ މަޖިލީހުގެ ތަޅުމަށް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލަހުށަނޭޅެނީސް، އެއީ ހުށަހެޅުނު މައްސަލައެއްކަމަށް ނުބެލޭނެކަމަށެވެ. އެހެންކަމުން މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހަށް ރައީސް ނަޝީދުގެ އިތުބާރުގެ ނެތްކަމުގެ މައްސަލަ އެމްޑީޕީން ވައްދާފައިވަނީ 49 މެންބަރުންގެ ސޮޔާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް