ads
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު: އަންނަ އަހަރުގެ ބަޖެޓުގައި އެމަނިކުފާނުގެ ސަރުކާރުގެ 458 ޕްރޮޖެކްޓެއް ވަނީ ހިމަނާފައި - ފޮޓޯ:އިންތިހާބީ ރައީސްގެ އޮފީސް
ބަޖެޓު 2024: އާ ސަރުކާރުގެ 458 ޕްރޮޖެކްޓެއް ހިމެނޭ
އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާ ސަރުކާރުން ހުށަހެޅި 458 ޕްރޮޖެކްޓެއް ހިމަނައިފި އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ 2024 ވަނަ އަހަރުގެ ބަޖެޓު ރިޕޯޓުގައިވާ ގޮތުން އާ ސަރުކާރުގެ ޕްރޮޖެކްޓުތަކަށް 1.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 144 ޕްރޮޖެކްޓަކީ މިހާރުވެސް ހިންގަމުން އަންނަ ޕްރޮޖެކްޓުތަކެވެ. މުޅިން އަލަށް ފަށަން ބަޖެޓުގައި ހުށަހަޅާފައިވަނީ އާ ސަރުކާރުގެ 314 ޕްރޮޖެކްޓެކެވެ.

އާ ސަރުކާރުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ އެއާޕޯޓު އެޅުމާއި ބިން ހިއްކުމާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކާއި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން މަގު ހެދުން ފަދަ މަޝްރޫއުތަކެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގުމަށް ރާވާފައިވާ އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ ޕްރޮޖެކްޓަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ. މި އަދަދު ކަނޑައަޅާފައި ވީނަމަވެސް އެކަމަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތް ކަނޑައަޅާފައެއް އަދި ނުވެ އެވެ.

މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރުފަޅުން 1،200 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ހިއްކުމަށްފަހު، 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓު އިމާރާތް ކުރާނެ ކަމުގަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެންމެ ބޮޑު އަދަދެއް ހަމަޖައްސާފައި ވަނީ އެއާޕޯޓު އެޅުމަށާއި ދަތުރުފަތުރުގެ ނިޒާމަށެވެ. އެގޮތުން އެއާޕޯޓު ތަރައްގީ ކުރުން ފަދަ ޕްރޮޖެކްޓުތަކަށް 3.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އޭގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއުތަކަށް 1.6 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް