ads
ޗެލްސީގެ =އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން
ޗެލްސީ މޮޅުވެ، ކުއާޓާ ފައިނަލަށް
އިގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ބްލެކްބާން ބަލިކޮށް ޗެލްސީން މުބާރަތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އިގިރޭސި ލީގު ކަޕްގެ ދެވަނަ ބުރުގައި ޗެލްސީން ރޭ ބްލެކްބާން އަތުން މޮޅުވީ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ޗެލްސީން ޖެހި ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ ފަހުކޮޅު، ފްރާންސްގެ ޑިފެންޑަރު ބެނޮއިޓް ބަޑިއާޝިލޭ ޖެހި ލަނޑުންނެވެ. 

މި މެޗުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ފަހުހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ފޯވާޑް ރަހީމް ސްޓާލިން އެވެ.

ޗެލްސީ ރޭ މޮޅުވިއިރު، ރޭ މެންޗެސްޓަ ޔުނައިޓެޑާ އާސެނަލްވަނީ ބަލިވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް