ads
ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު: މަޖިލިހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ވަނީ ނިންމަވާފައި - ފޮޓޯ:ޕީޕީއެމް
ޝުޖާއު އަނެއްކާވެސް ބާރަށު ދާއިރާއަށް ވާދަކުރައްވަނީ
ހުޅުމާލޭ ދާއިރާގެ ކައުންސިލަރު، އިބްރާހިމް ޝުޖާއު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފި އެވެ.

އަށާރަ ވަނަ މަޖިލީހުގައި ބާރަށު ދާއިރާގެ މެންބަރުކަން ކުރެއްވުމަށްފަހު، ހިނގަމުން މިދާ މަޖިލީހުގެ އިންތިހާބުގައި ވެސް ޝުޖާއު ވާދަކުރެއްވި އެވެ. އެހެންނަމަވެސް އެ އިންތިހާބު އޭނާއަށް ނާކާމިޔާބީ އާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. އެފަހުން ޝުޖާއު ވާދަކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ކަމަށެވެ. އެ އިންތިހާބު ބޮޑު ތަފާތަކުން އޭނާ ކާމިޔާބު ކުރެއްވި އެވެ.

ކުރިއަށް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާކަން އިއުލާނުކުރައްވާ މިއަދު އެކްސްގައި ޝުޖާއު ވަނީ އޭނާގެ މި މަސައްކަތަށް ރައްޔިތުންގެ ތާއީދަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑުގެ އިހުލާސްތެރި އެދުމަކީ އަޅުގަނޑުގެ މި މަސައްކަތަށް ތިޔަ ލޮބުވެތި ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ދެއްވުމެވެ،" ޝުޖާއު ލިޔުއްވާފައިވެ އެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާއިރު، ޝުޖާއުއަކީ އެ ޕާޓީގެ ނައިބު ރައީސްގެ އިތުރުން ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ވަރަށް އިސްކޮށް މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ.

ކުރިއަށް އޮތް ދައުރުގައި ރާއްޖޭގެ ރައީސްކަމަށް މާލޭގެ މޭޔަރު ކަމުގައި ހުންނެވި މުއިއްޒު ހޮވިވަޑައިގެންފައިވާއިރު، މާލޭ ސިޓީ ކައުންސިލުގައި ހިމެނިވަޑައިގަންނަވާ ތިން މެންބަރަކު ވަނީ މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް