ފެނަކައިގެ މުވައްޒަފު ވަކިކޮށްފައިވަނީ އެކުންފުނީގެ ދަރަންޏާގުޅޭ ލިޔެކިޔުންތަކެއް ލީކްކޮށްލިކަމަށް ބުނެއެވެ.
މަގާމުން ވަކިކޮށްފައިވަނީ އެކުންފުނީގެ ހެޑް އޮފީހުގެ ލޮޖިސްޓިކްސް ޑިޕާޓްމަންޓުގެ ސީނިއާ އޮފިސަރުގެ މަގާމުގައި ހުންނެވި ޔޫސުފް ރަމީޒު އެވެ.
އޭނާ ވަކިކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ބުދަދުވަހު އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތުދެމުން ރަމީޒް ވަނީ އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބުނަލްއަށް ހުށަހަޅާނެކަމަށް ބުނެފައެވެ.