މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭން މަސް އެކްސްޕޯޓްކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 7.8 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭން އެކްސްޕޯޓްކުރީ 54،528 މެޓްރިކް ޓަނުގެ މަހެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކުރީ ކަޅުބިލަ މަހެވެ. އެގޮތުން 41،277 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ރާއްޖޭން އެކްސްޕޯޓްކުރިއިރު، 5،716 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ވަނީ އެކްސްޕޯޓްކޮށްފަ އެވެ.
އޭގެ އިތުރުން މަސްދަޅު އަދި ޕޯޗްޑްގެ ގޮތުގައި 10،087 މެޓްރިކް ޓަނުގެ މަސް ރާއްޖޭން ބޭރުކޮށްފައިވެ އެވެ.
މި އަހަރުގެ ފުރަތަމަ ނުވަ މަސް ދުވަހުގެ ތެރޭގައި މަހުގެ އެކްސްޕޯޓް:
އެމްއެމްއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު ބައިނަލްއަގުވާމީ ބާޒާރުގައި ކަޅުބިލަ މަސް ކިލޯއެއްގެ އަގު ހުރީ 27.8 ރުފިޔާގަ އެވެ.