ads
އަބީޝޭކް، އައިޝްވާރިއާ އަދި އަމީތާބް
އައިޝްވާރިއާއަށް އުފަންދުވަހުގެ ތަހުނިޔާ އަމީތާބް ނުކިޔައިގެން ބޮޑު މައްސަލައެއް
އަމީތާބް ބަޗަންގެ ދަނބިދަރި އައިޝްވާރިއާ ރާއީ އަށް އޭނާގެ ބަފައިބެ އުފަންދުވަހުގެ ތަހުނިޔާ ނުކިޔާތީ ގިނަބަޔަކު އެކަމާ ނުރުހުން ފާޅުކޮށް ސުވާލު އުފައްދަން ފަށައިފިއެވެ.

މިގޮތުން އަމީތާބް ވަނީ އިންޑިއާއި ސިރީލަންކާ ބައްދަލުކުރި ކުރިކެޓް މެޗުން އިންޑިއާ ހޯދި ކާމިޔާބީ ފާހަގަކޮށް އޭނާގެ އިންސްޓަގުރާމުގައި ޕޯސްޓެއްކޮށްފައެވެ. 

މި ޕޯސްޓާއެކު ގިނަބައެއްގެ ސުވާލު އުފެދުނީ މިމަހު 1 ވަނަ ދުވަހަކީ އައިޝްވާރިއާގެ އުފަންދުވަސްކަމަށް ވާއިރު، އަމީތާބު އޭނާގެ ދަނބި ދަރިއަށް އުފަން ދުވަހުގެ ތަހުނިޔާ ނުކީ ކީއްވެތޯ؟ އެވެ. 

މި ސުވާލަށް އަމީތާބު ޖަވާބެއް ނުދެއެވެ. ނަމަވެސް އަމީތާބާއި އައިޝްވާރިއާގެ ފޭނުން އަންނަނީ ހުއްޓުމެއްނެތި އެ ސުވާލުތައް އަމީތާބުގެ ޕޯސްޓުގެ ކޮމެންޓުތައް އޮއްސާލަމުންނެވެ. 

އައިޝްވާރިއާއަށް މިއަހަރު ވަނީ 50 އަހަރު ފުރިފައެވެ. މީގެ ދުވަސްކޮޅޭއް ކުރިން އައިޝްވާރިއާއި، އޭނާގެ ފިރިމީހާ އަބީޝޭކް އާއި ދެމެދު މައްސަލަތަކެއް ޖެހުނުކަމަށް ވެސް އަޑު ފެތުރުނެވެ. ނަމަވެސް ދެ ފަރާތުންވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.  

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް