ads
މަޖިލިހުގެ ރައީސް ނަޝީދު އަދި ނައިބު ރައީސް އީވާ: ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަވަން އީވާ ވަނީ އުޒުރުވެރިވެވަޑައިގެންފައި - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ރިޔާސަތު ބަލަހައްޓަން އީވާ އުޒުރުވެރިވެއްޖެ
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭ ގޮތްވެފަައި ނުވާތީ، އެމްޑީޕީން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވުމުން ރައީސް ނަޝީދު ވަކިކުރާ މައްސަލައިގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދު ﷲ އުޒުރުވެރިވެވަޑައިގެންފި އެވެ. އީވާގެ އެ ނިންމެވުމާ އެކު ރައީސް ނަޝީދު ވަކިކުރާ މައްސަލަ ކުރިއަށް ގެންދިއުމަށް މިއަދު ބާއްވަން ތާވަލުކުރި ޖަލްސާވެސް ވަނީ ކެންސަލްކޮށްފަ އެވެ.
Advertisement

ރައީސް ނަޝީދުގެ މައްސަލަ މިއަދު ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނިކޮށް، އީވާ ރޭ މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ރިޔާސަތުގައި އިންނަވަން އޭނާ އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ސުޕްރީމް ކޯޓަށް އެމްޑީޕީން ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ، މާދަމާގެ ހެނދުނު 10:00 އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

އީވާ ވިދާޅުވީ ސުޕްރީމް ކޯޓުން މައްސަލަ އާ މެދު ގޮތެއް ނިންމުމުގެ ކުރިން މަޖިލިހުން ވަކި ގޮތެއް އިހުތިޔާރު ކޮށްގެން ކުރިއަށް ގެންދިއުމަކީ މީގެ ކުރިންވެސް އަމަލު ކުރަމުން އަންނަ ގޮތެއް ނޫން ކަމަށެވެ. އެގޮތަށް ކުރިއަށް ގެންދިއުމަކީ ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައަކަށް ނުފޫޒަކަށް ވާނެ ކަމަށް ދެކޭ ކަމަށްވެސް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވި ގޮތުގައި ކޯޓަށް މައްސަލައެއް ހުށަހެޅުމަށްފަހު ވަކި ގޮތެއް ނިންމުމުގެ ކުރިން އަނެއްކާވެސް މަޖިލިހުން ވަކި ގޮތަކަށް ކަންކުރުމުގެ މަސައްކަތް ކުރުން ވާނީ ކޯޓުގެ ގަދަރާއި ހުރުމަތަށް އިހުތިރާމު ކުޑަކުރުން ކަމަށް ދެކިވަޑައިގަންނަވާ ކަމުގަ އެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމަށް ބުނެ އެމްޑީޕީގެ 49 މެންބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލައިގެ ނޯޓިސްގެ މުއްދަތު ހަމަވުމަށްފަހު، މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް، އީވާ އާލާސްކަންފުޅާ އުޅުއްވާތީ ޖަލްސާ ބޭއްވޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމާ ގުޅިގެން އެމްޑީޕީން ވަނީ ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތަކަށް މަޖިލިހުގެ ގަވާއިދު މާނަ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް