ads
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައި - ފޮޓޮ: އީޕީއޭ
ރަސްފަރި ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި
މާލެ އަތޮޅު ރަސްފަރި ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކައި ހިންގާ މުރަކަ އިންދުމުގެ ޕްރޮޖެކްޓް ރަސްމީކޮށް ފަށައިފިއެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ "ރީސްޓޯ ރަސްފަރި"ގެ ނަމުގައި މުރަކަ އިންދުމުގެ ޕްރޮޖެކްޓް ރަސްމީކޮށް ފެށީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. ނަމަވެސް، އޭގެ ކުރިން ވެސް އެ ފަރުގައި މުރަކަ އިންދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެ މަސައްކަތް ފެށުމުގެ ގޮތުން އީޕީއޭގެ ރިސާޗު ވެސަލް "ތިމާވެށީ" ގައި ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވިއެވެ. އެ ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާ އާއި އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްފަރި ފަރަށް ގެއްލުން ލިބުނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތު އެފްރިކާ އަށް ދަތުރުކުރި، ޕެނަމާގެ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބޯޓެއް އެ ފަރަށް އެރުމުންނެވެ. އެ ހާދިސާގައި ފަރުގެ 8،867 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އަދި މުރަކަތަކަގެ އިތުރުން އެހެނިހެން ގިނަ އަދަދެއްގެ ދިރުންތައް ވެސް މަރުވި ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

ދިގުމިނުގައި 623 ފޫޓު ހުންނަ އެ ބޯޓު ރަސްފަރި ފަރަށް އެރީ އިންޖީނު ހުއްޓިގެން އޮޔާ ގޮހެވެ. އެ އާގު ބޯޓު ފުންކުރެވުނީ ފަރަށް އެރިތާ 10 ދުވަސްވީ ފަހުން، ރާއްޖޭން ބޭރުން ޓަގު ބޯޓެއް ގެނެސްގެންނެވެ.

ބޯޓު ފަރަށް އެމައްސަލައިގައި ބޯޓުގެ ވެރިފަރާތުން، ޖޫރިމަނާގެ ގޮތުގައި 100 މިލިއަން ރުފިޔާ އާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 154 މިލިއަން ރުފިޔާ ދައްކާފައި ވެއެވެ. އެ ފަރަށް ލިބުނު ގެއްލުން އިއާދަކުރުމަށްޓަކާ ހިންގާ ޕްރޮޖެކްޓަށް ހަރަދުކުރަނީ މި ފައިސާއިންނެވެ.

މިއީ ތިމާވެށީގެ ގާނޫނުގެ ދަށުން ކުރި ޖޫރިމަނާއަކުން މިހާތަނަށް ދައުތަލަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ހޯދުނު ފަހަރުވެސްމެއެވެ.

ސަރުކާރުން 1995 ވަނަ އަހަރުގައި ހިމާޔަތް ކޮށްފައިވާ ފަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް