ads
އެއާއިންޑިއާ
އެއާ އިންޑިއާގެ ފްލައިޓެއް ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދީފި
މިމަހުގެ 19 ވަނަ ދުވަހު އިންޑިއާގެ ގައުމީ އެއާލއިން އެއާ އިންޑިއާގެ ފްލައިޓެއް ގޮއްވާނެކަމަށް ބުނެ ޓެރަރިސްޓަކު އިންޒާރު ދީފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ބުނަނީ އެއާ އިންޑިއާގައި ދަތުރުކޮށްފިނަމަ ފުރާނައަށް ނުރައްކާތެރިވާނެކަމަށެވެ. 

މި އިންޒާރު ދީފައިވަނީ ޕަނުން ނަމަކަށް ކިޔާ ހާލިސްތާނަށް ސަޕޯޓުކުރާ ޓެރަރިސްޓެއްކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. 

އެއާ އިންޑިއާގެ ފްލައިޓެއް ގޮއްވައިލާނެކަމަށް ބުނެފައިވަނީ ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލް އޮތް ދުވަހުއެވެ. 

މި ހަމަލާގެ ސަބަބުން 1985 ވަަނަ އަހަރު އެއާ އިންޑިއާގެ ފްލައިޓެއް ގޮއްވައިލައިގެން ދިން ހަމަލާގެ ހަނދާން ވަނީ އާވެފައެވެ. 

ހާލިސްތާނަށް ސަޕޯޓުކުރާ ޓެރަރިސްޓުން އޭރު އެއާ އިންޑިއާގެ ފްލައިޓެއް ގޮއްވައިލީ ކެނެޑާގެ އައިރިޝް ކޯސްޓުންނެވެ. 

އެ ހަމަލާގައި ކެނެޑާގެ 200 މީހުންނާއި އިންޑިއާގެ 20 މީހުން ވަނީ މަރުވެފައެވެ. 

އިންޑިއަގައި ކުރިއަށްދާ ކްރިކެޓް ވޯލްޑް ކަޕަކީ "ޓެރޯ ކަޕް" ކަމަށް ބުނެވެސް އޭނާ ވަނީ އިންޒާރު ދީފައެވެ. 

ކްރިކެޓް ވޯލްޑްކަޕްގެ ފައިނަލް އޮތީ އިންޑިއާގެ "ނަރެންދުރާ މޯޑީ ސްޓޭޑިއަމް" ގައިއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް