ads
ރަޝަމީ ދެސާއީ--
ހިތި ތަޖުރިބާތަކަށް ފަހު ކައިވެނީގެ ވިސްނުން ރަޝަމީގެ ނެތް!
މަޝްހޫރު ޓީވީ ތަރި، ރަޝަމީ ދެސާއީގެ އާއި ޓީވީ ތަރި ނަންދިސް، 2012 ވަނަ އަހަރުގެ ތެރޭގައި ކައިވެނިކުރި ނަމަވެސް ހަތަރު ފަހުން އެމީހުން ވަނީ ވަކިވެފަ އެވެ. ކައިވެނީގެ ދުވަސްވަރުގެ އިންތިހާއަށް މައްސަލަތައް ދިމާވެ ދެމީހުން ވަކިވާން ނިންމީ އެވެ.
Advertisement

އެންމެ ފަހުން ރަޝަމީ ލޯބީގެ ގޮތުން ގުޅުންކަމަށް އަޑުތައް އެރީ އޭނާއާއެކު މަޝްހޫރު ރިއަލިޓީ ޝޯ، ބިގް ބޮސް، 13 ގައި ފެނިގެންދާ އަރްހާން ހާނެވެ. ނަމަވެސް އެ ޝޯގެ ތެރެއިން އަރްހާނުގެ ދިރިއުޅުމާއި ގުޅޭ ބޮޑެތި ސިއްރުތަކެއް ފަޅާ އަރައި ދެ ތަރިންގެ މެދުގައި ވެސް މައްސަލަތައް ޖެހެން ފެށި އެވެ. އަދި ދެމީހުން ވަނީ ވަކިވާން ނިންމާފަ އެވެ. 

އެގޮތުން އިންޑިއާގެ ނޫހަށް ދިން އިންޓަވިއުއެއްގައި ރަޝަމީ މިވަނީ އޭނާ މިވަގުތު އުޅެމުން އަންނަނީ މާ ހިތްހަމަޖެހިގެން ކަމަށާއި އެހާ އަވަހަށް މީހަކާއި އިނުމުގެ ވިސްނުން ވެސް އޭނާގެ ނެތް ކަމަށް ބުނެފަ އެވެ.

ރަޝަމީ އިތުރަށް ބުނީ، މީހަކާ މުޅި އުމުރު ނީންދެ އުޅުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ. ނަމަވެސް ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެކަން ވެސް ކުރާނެ ކަމަށެވެ.

ރަޝަމީ ފެނިގެން ދިޔަ ބައެއް ޓީވީ ޝޯތަކުގެ ތެރޭގައި "ދިލް ސޭ ދިލް ތަކް" އާއި "އުއްތަރަން" އާއި "މަހާސަންގަމް" އަދި "ބޭލަން ވާލީ ބަހޫ" ހިމެނެ އެވެ.

ރަޝަމީއަކީ މި އަހަރު ބިގް ބޮސްއަށް ނެގި އެންމެ އަގު ބޮޑު ތަރި ވެސް މެއެވެ. އެގޮތުން އެ ޝޯގައި މަސައްކަތް ކުރުމަށް އޭނާއަށް 1.2 ކްރޯޑް ރުޕީސް ހުށަހެޅި އެވެ. 

ބިގް ބޮސްއަށް ފަހު ވެސް އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނައިރު އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ، ނާގިންގެ ތިން ވަނަ ބައިން ވެސް ރަޝަމީ ފެނިގެންދާނެ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;