ads
ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
މާލީ ބަޔާން އެއް މަސް ދުވަހުގެ ތެރޭގައި ހުށަހަޅަންޖެހޭ އިސްލާހު ތަސްދީގު ކުރައްވައިފި
އިންތިހާބުތަކާބެހޭ އާންމު ގާނޫނު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. މި ބިލަށް ގެނެވުނު އިސްލާހުތަކުގެ ތެރޭގައި އާންމު އިންތިހާބެއް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހެއެވެ.

މިބިލަކީ، 2023 އޮކްޓޫބަރ 16 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިން ވަނަ ދައުރުގެ 11 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިންތިހާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލުން އެ ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރެގައި، ޤާނޫނުގެ 65 ވަނަ މާއްދާއަށް، (ނ) ގޮތުގައި އަކުރެއް ވަނީ އިތުރުކޮށްފައެވެ. 

މި އަކުރުގައި ވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން ހައިކޯޓަށް ހުށަހަޅައިގެން ނިންމާ ނިންމުންތައް އިސްތިޢުނާފުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅަންޖެހޭ މުއްދަތު ކަނޑައަޅާފައެވެ. އަދި ސްޕްރީމް ކޯޓުން އެ މައްސަލައަކާ މެދު ގޮތެއް ކަނޑައެޅުމަށް ލިބޭނެ އެންމެ ދިގު މުއްދަތުވެސް މި އަކުރުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ޤާނޫނު އިންތިހާބުތަކާބެހޭ އާންމު ގާނޫނު ގެ 73 ވަނަ މާއްދާގެ (ހ) އަށް ގެނެސްފައިވާ އިސްލާޙުގައި، ކޮންމެ އިންތިހާބަކަށްފަހު، އެ އިންތިހާބެއްގައި ވާދަކުރި ކޮންމެ ކެންޑިޑޭޓެއް، ޤާނޫނުގައި ބަޔާންކޮށްފައިވާ މަޢުލޫމާތާއި ތަކެތި ހިމެނޭ މާލީ ބަޔާނެއް ތައްޔާރުކޮށް، އެ އިންތިޚާބެއް ބާއްވާ ތާރީހުން ފެށިގެން އެއް މަސްދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

މިގޮތުން ހުށަހަޅާ މާލީ ބަޔާނަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ހުއްދަދީފައިވާ ފަރާތަކުން އޮޑިޓްކޮށްފައިވާ މާލީ ބަޔާނަކަށްވާންވާނެކަމަށް ވެސް ބަޔާންކޮށްފައިވެއެވެއެވެ. މީގެ އިތުރުންވެސް އިންތިހާބުތަކާބެހޭ އާންމު ގާނޫނު އަށް 4 ވަނަ އިސްލާހް ގެނައުމުގެ ބިލުގައިގެ އެކިއެކި މާއްދާތަކަށް އިސްލާޙް ހުށަހަޅާފައިވެއެވެ.

ގާނޫނު ނަންބަރު އިންތިހާބުތަކާބެހޭ ޢާންމު ޤާނޫނު އަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއި ގުޅިގެން މި ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައިކަމަށް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް