ads
ސަލްމާން އަދި އައިޝްވާރިއާ ދިވާލީ ޕާޓީގައި
އައިޝްވާރިއާ ސަލްމާން ހާން ޕާޓީއަކަށް ގޮސްފި، އަބީޝޭކް ވީތަނެއް ނޭގެ
މި ފަހަކަށް އައިސް، އައިޝްވާރިއާ ރާއީއާއި އޭނާގެ ފިރިމީހާ އަބީޝޭކް ބަޗަން އާއި ދެމެދު ހަމަނުޖެހުންތަކެއް ހިނގައި ދެމީހުން ގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. މި ވާހަކަތަކަށް ހިތްވަރުލިބޭ ކަމެއް އަނެއްކާވެސް މިވަނީ ހިނގާފައެވެ.
Advertisement

ފެޝަން ޑިޒައިނަރު މަނީޝް މަލޯތްރާ ވަނީ އިންޑިއާގެ ދިވާލީ ފެސްޓިވަލާއި ގުޅުވައިގެން ބޭއްވި ޕާޓީއަކަށް ގިނަބަޔަކަށް ދައުވަތު ދީފައެވެ.  

އެ ފެސްޓިވަލަށް އަނެއްކާވެސް އައިޝްވާރިއާ ދިޔާއީ އެކަންޏެވެ. މިހެންކަމުން ގިނަބަޔަކު އަންނަނީ އައިޝްވާރިއާއި އަބީޝޭކްގެ ގުޅުމާމެދު ސުވާލު އުފައްދަމުންނެވެ. 

އައިޝްވާރިޔާ އެކަނި މި ޕާޓީއަށް ދިޔައިރު އޭނާގެ ކުރީގެ ލޯބިވެރިއާ ސަލްމާން ހާން ވެސް ވަނީ މި ޕާޓީގައި ބައިވެރިވެފައެވެ. 

މިދިޔަ އަހަރުވެސް މި ފެސްޓިވަލާ ގުޅިގެން އޮތް ޕާޓީއަށް އައިޝްވާރިއާ ދިޔައީ އެކަންޏެެވެ. އުޒުރެއްގެ ގޮތުގައި ދެއްކީ އަބީޝޭކް ރަށުން ބޭރުގައި އުޅޭކަމެވެ. 

މީގެ އިތުރުން މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހަކީ އައިޝްވާރިއާގެ 50 ވަނަ އުފަން ދުވަހެވެ. ނަމަވެސް އޭނާއަށް އުފަން ދުވަހުގެ ތަހުނިޔާވެސް އެނާގެ ބަފައިބެ އަމީތާބް ބަޗަން ކިޔާފައެއް ނުވެއެވެ. އެކަމާވެސް ފޭނުން އަންނަނީ ސުވާލު އުފައްދަމުންނެވެ. 

ސިއްރުކުރަން އުޅުނު ނަމަވެސް، އައިޝްވާރިއާއި އަބީޝޭގެ އަދި އަބީޝޭކްގެ އައިލާއާއި އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމާމެދު ޝެއްކެއްނެތެވެ. 

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް