ads
އަހުމަދު އަބްދުالله އަފީފް: މުއިއްޒު ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ނަންބަރަކަށް އޮންނަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށް ވިދާޅުވި
މުއިއްޒު ހުވާކުރާ ޖަލްސާއަށް ނަޝީދު ވަކިކުރުން އެޖެންޑާ ކުރަން ޖެހޭނެ: އެމްޑީޕީ
ރައްޔިތުންގެ މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މަސައްކަތް ނުނިންމާ އިތުރު އެހެން މަސައްކަތެއް މަޖިލީހުގައި ނުކުރެވޭނެ ކަމަށް މަޖިލިހުގެ ގަވާއިދުގައި ބުނާ މާއްދާ، އާ ރައީސް ހުވާކުރައްވާ ޖަލްސާއަށް ފެތޭނެ ކަމަށް ސުޕްރީމް ކޯޓުގައި އެމްޑީޕީން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް މަޖިލިހުގެ ނައިބު ރައީސް ވަޑައިނުގަންނަވާ ހާލަތެއް މެދުވެރިވި ނަމަވެސް ކުރިއަށް ގެންދެވޭނެ ގޮތަށް މާނަ ކުރުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފަ އެވެ.

އެ މައްސަލަ އާ ގުޅިގެން އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އެމްޑީޕީގެ ފަރާތުން ވަކީލު އަހުމަދު އަބްދުﷲ އަފީފު ވިދާޅުވީ އާ ރައީސް ހުވާކުރައްވާ ޖަލްސާގެ އެޖެންޑާގައި ފުރަތަމަ ނަންބަރަކަށް އޮންނަން ވާނީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކަމަށެވެ. އަފީފް އެގޮތަށް ވިދާޅުވެފައި ވަނީ ޝަރީއަތުގައި ދައުލަތުގެ ފަރާތުން މަޖިލިހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އާ މެދު ގޮތެއް ނުނިމި އޮތް ނަމަވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ޖަލްސާ ބޭއްވޭނެ ކަމަށް ބުނުމާ ގުޅިގެންނެވެ.

އަފީފް ވިދާޅުވި ގޮތުގައި އާ ރައީސްގެ ހުވާކުރުމުގެ ޖަލްސާ ބޭއްވި ނަމަވެސް އެ ޖަލްސާ ވާނީ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަކަށް ވުމުން އެ ޖަލްސާގައި ކަންކަން ކުރެވޭނެ ކަމުގަ އެވެ. އެގޮތުން ޖަލްސާގެ އެޖެންޑާގައި ފުރަތަމައަށް އޮންނަން ވާނީ މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ ގަރާރާ މެދު ގޮތެއް ނިންމުން ކަމުގައި އޭނާ ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ މަޖިލިހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރަކަށް ވާން ޖެހެނީ މަޖިލިހުގެ ގަވާއިދުގައި މަޖިލިހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ މައްސަލައެއް ނިންމާފައި ނޫނީ އިތުރު އެހެން މަސައްކަތެއް ނުކުރެވޭނެ ކަމަށް ބުނެފައިވާތީ ކަމަށެވެ.

މަޖިލިހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ރ)

މި މާއްދާގެ (ނ) ގައިވާ ނޯޓިހުގެ މުއްދަތު ހަމަވެގެން މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހޫށަހެޅުމަށް ފަހު، އެވަގުތު މަޖިލީހަށް ހުށަހެޅުމަށް ފަހު، އެވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސްކުރެވޭނީ، ނުވަތަ ގޮތެއް ނިންމަން ވާނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހުގަ އެވެ.

އަފީފް ހަވާލާދެއްވީ މަޖިލިހުގެ ގަވާއިދުގެ މި މާއްދާއަށް ކަމަށްވާއިރު، އެމްޑީޕީގެ މި ނުކުތާއަށް މަޖިލިހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އިއްޔެ ވަނީ ރައްދު ދެއްވާފަ އެވެ. ފިލްޒާ މާނަކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ވަކިކުރުމުގެ ގަރާރު މި މާއްދާއަށް ފެތޭނީ މަޖިލީހުގެ ޖަލްސާއަކަށް އެ ގަރާރު ހުށަހެޅުމަށް ފަހުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް