ކަހަނބު ދޫކޮށްލީ ކާށިދޫ ޗަސްބިން ސަރަހައްދަށެވެ. އެއީ ރާއްޖޭގައި އެންމެ ގިނައިން ކަންޒުކަހަނބު ދިރިއުޅޭ ސަރަހައްދުކަމަށް އީޕީއޭއިން ބުންޏެވެ.
މި ކަނހަނބު ފެނުނީ މާލޭ މަގުމަތުން މިދިޔަ ހަފްތާގައެވެ. އޭތި ފެނުނީ އާޓިފިޝަލް ބީޗު ކައިރިންނެވެ.
ރާއްޖޭގައި ކަންޒުކަނހަބު ހިމާޔަތްކުރީ 1993 ވަނަ އަހަރުއެވެ. ކަންޒު ކަހަނބުގެ އާބާދީ މަދުކަމުންނެވެ.
ކާށިދޫ ޗަސްބިން ސަރަހައްދު ވަނީ 2021 ވަނަ އަހަރު ހިމާޔަތްކޮށްފަ އެވެ.