ads
މިދިޔަ ފަސް އަހަރު ފެނަކައިން ކުރި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަނުގެ އެމްޑީ ސައީދު - ފޮޓޯ:ސީއެންއެމް
ފެނަކައަކީ ވިޔަފާރި ކުރާ ކުންފުންޏެއް ނޫން، ކޮންޓްރެކްޓް ހުންނާނީ އެކި ގޮތަށް
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ ވިޔަފާރި ކުރާ ކުންފުންޏެއް ނޫން ކަމަށާއި އެކި ކުންފުނިތަކާ އެކު ކޮންޓްރެކްޓް ހެދިފައި ވާނީ އެކި ގޮތްގޮތަށް ކަމަށް އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިދިޔަ ފަސް އަހަރުގެ ފެނަކައިގެ ކުރު ހުލާސާއެއް ދިނުމަށް މިއަދު ފެނަކަ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ވެންޑާސްތަކަށް ފައިސާ ނުދޭ ވާހަކައަކީ ސައްތައިންސައްތަ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ކޮންމެ މަހަކުވެސް އެ ފަރާތްތަކަށް ފައިސާ ދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް، އެ ފަރާތްތަކުން ހިތްހަމަޖެހޭ ވަރަށް ފައިސާ ނުދެވި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވެފައިވަނީ ކޮންމެ މަހަކުވެސް އެތައް މިލިއަން ރުފިޔާއެއް ވެންޑާސްތަކަށް ދެމުން އަންނަކަން ފެނަކައިގެ ހިސާބުތަކުން ފެންނަން ހުންނާނެ ކަމަށެވެ. ފެނަކައިގެ ކޮންޓްރެކްޓަރުންނަށް ދޭން ހުރި ހުރިހާ ފައިސާއެއް އެއްކޮށްލުމުން އެ އަދަދު އަރާނީ ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ކުންފުނިތަކަށް ފައިސާ ދައްކަމުން އަންނަނީ ފެނަކަ އާއި އެ ފަރާތްތަކާ އެއްބަސްވެވޭ ގޮތެއްގެ މަތިން ކަމުގަ އެވެ. ބިލު ނިންމަން އޮންނަނީ 90 ދުވަހުގެ ތެރޭގައި ނަމަވެސް އެ މުއްދަތުގައި ނުނިންމި، އިތުރު މައްސަލައެއް ދިމާ ނުވާ ބިލެއް ނަމަ އެ ބިލަކަށް އެއް އަހަރާއި ދޮޅު އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ފައިސާ ދީފައި ވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.

"ބިލުތައް ކްލިއާ ނުކުރެވޭ ހާލަތްތަކުގައި މައްސަލައެއް ދިމާނުވަންޏާ ހުރެދާނެ އެބައިމީހުން ކޯޓަށް ދާން ބޭނުންވެގެން، އަނެއްބައި މީހުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރަން މިކަހަލަ ބައިވަރު މަރުހަލާތައް ހުންނާނެ. އެކި އެގްރިމެންޓްތައް ހުންނާނީ އެކި ގޮތަށް. އެކި ބައި މީހުންނަށް އެކި ގޮތަށް. އެގްރިމެންޓްގައި އެކި މުއްދަތު ހުންނާނީ. މިސާލަކަށް ތިބޭފުޅާއަށް 45 ދުވަސް ދޭ ކަމަށް ވަނީ ނަމަ، އަނެއް ބަޔަކަށް ހުރެދާނެ ހަ މަސް ދުވަސް ދީފައި. އަނެއް ބަޔަކަށް ހުރެދާނެ ތިން ދުވަސް،" - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު

ސައީދު ވިދާޅުވީ ފެނަކަ އާ ހަވާލުވިއިރަށް ވުރެ މިއަދު އެ ކުންފުންޏަށް ލިބޭ އާމްދަނީ 40 އިންސައްތަ އިތުރުކުރެވިފައިވާ ކަމަށެވެ. އެ އިތުރުކުރުން އިތުރުކުރެވުނުއިރު އެ ކުންފުންޏަކީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށާއި ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދެމުން އަންނަ ކުންފުންޏެއްކަން ފާހަގަކުރައްވާ ސައީދު ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ހިދުމަތްތައް ރައްޔިތުން ބަލައިގަނެ، އިތުބާރު ހިފޭ ގޮތަކަށް ހިދުމަތްދޭން ފެށުމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް