ads
ރައީސް ޔާމީން – ފޮޓޯ: ވަގުތު ނޫސް
ޔާމީން މާދަމާ އަަނެއްކާވެސް ކޯޓަށް ހާޒިރުކުރަނީ
ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑު އެހުމެއް މާދަމާ މެންދުރު ފަހު އަނެއްކާވެސް ބޭއްވުމަށް ހައިކޯޓުން ތާވަލުކޮށްފި އެވެ.

ހައިކޯޓުގައި ޔާމީންގެ މައްސަލަ އޮންނާނީ މާދަމާ 2 ޖަހާއިރު އެވެ. މާދަމާގެ އަޑު އެހުމަކީ، ރިޔާސީ އިންތިހާބުގެ ފަހުން ބާއްވަން މަސައްކަތް ކުރާ ދެވަނަ އަޑު އެހުމެވެ. އެންމެ ފަހުން ބާއްވަން އުޅުނު އަޑު އެހުންވީ ކެންސަލް އެވެ.

އެއީ އެންމެ ފަހުން އޮތް ޝަރީއަތުގައި ޔާމީންގެ ފަރާތުން ދެއްކި ވާހަތަކާ ގުޅިގެން ދައުލަތުން ޖަވާބުދާރީވާންށެވެ. އެންމެ ފަހުން އޮތް އަޑު އެހުމުގައި ޔާމީން ވިދާޅުވީ، ވ. އާރަށް ކުއްޔަށް ހޯއްދަވަން، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމް އުޅުއްވިކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ޔޫސުފް ނައީމްވެސް ހާޒިރުވެ އިންނެވި ޝަރީއަތުގައި ޔާމީން ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އިއްވި އެވެ.

މާދަމާ މެންދުރު ފަހަށް ޔާމީންގެ ޝަރީއަތެއް ތާވަލުކޮށްފައިވާއިރު، އިންތިހާބަށް ފަހު ޖެހިގެން އައި ދުވަހުން ފެށިގެން ރައީސް ޔާމީންވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ. އަދި އޭގެ ފަހުން ގޭ ބަންދުން މާލޭ ބަންދަށްވެސް އެމަނިކުފާނުވަނީ ބަދަލުކޮށްފައެވެ.

29%
ކަމުގޮސްފި
43%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް