ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ގިނަ އެއާލައިންތަކަކުން ކުރަމުން އަންނަ ދަތުރުތައް ދަނީ މަދުކުރަމުންނެވެ.
އެގޮތުން ސިންގަޕޯ އެއާލައިނުން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް ހުއްޓާލާފައި ވާއިރު، އެ ކުންފުނީގެ ދަށުން އޭޝިއާގެ ގައުމުތަކަށް ދަތުރުކުރާ ސިލްކް އެއާވޭސް ގެ ދަތުރުތައް ވެސް ވަނީ ހުއްޓާލާފަ އެވެ.
ސިންގަޕޯ އެއާލައިންގެ 138 ފްލައިޓް މިހާރު ގްރައުންޑްކޮށްފައި ވާއިރު، އެ ކުންފުނިން ދަތުރުކުރުމަށް މިހާރު ބޭނުން ކުރަނީ އެންމެ ނުވަ ފްލައިޓެވެ.
ސިންގަޕޯ އެއާލައިނުން ވަނީ ކޮވިޑް-19 އާއި ގުޅިގެން އެ އެއާލައިންގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް ނިންމާފަ އެވެ. އަދި އިތުރަށް ގެންނަން ހުރި ފްލައިޓްތައް ގެނައުން މަޑުޖައްސާލާފަ އެވެ.