ads
ސުޕްރީމް ކޯޓުގެ ބެންޗް: ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލިހުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވަނީ ނިންމަވާފައި
ނަޝީދުގެ އިތުބާރުނެތް މައްސަަލަ މަޖިލީހުގައި ކުރިއަށް ގެންދެވޭނެ
ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދަން މަޖިލިހުގެ ނައިބު ރައީސް އުޒުރުވެރިވާ ހާލަތުގައި މަޖިލިސްގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ރިޔާސަތު ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
Advertisement

ސުޕްރީމް ކޯޓުން މިއަދު ހަވީރު އިއްވި ހުކުމުގައި ބުނެފައި ވަނީ މަޖިލިހުގެ ރައީސް މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލިހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލިހުގެ ގަވާއިދު މާނަކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ. އ

މަޖިލިސް ހުއްޓުމަކަށް އަތުވެދާނެ ގޮތަކަށް އެ ގަވާއިދު މާނަ ނުކުރެވޭނެ ކަމަށާއި މަޖިލިހުގެ ރިޔާސަތު ހުސްނުވާނެ ގޮތަށް އެ ގަވާއިދުން ޖާގަ ދީފައިވާއިރު، ހުށަހެޅިފައިވާ ގަރާރާ ގުޅިގެން ގަވާއިދު މާނަކުރަން ޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެލި މި މައްސަލައިގައި މިއަދު ހުކުމްކޮށްފައިވެއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ ގަރާރު، ކުރިއަށް ނުގެންދެވި މަޖިލިސް ހުއްޓުނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ މަޖިލީހަށް ވަޑައިނުގެންނެވުމުންނެވެ. އަދި ފަހުން އީވާވަނީ ސުޕްރީމް ކޯޓުގައި މައްސަލަ އޮތަތީ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

އެމާ ގުޅިގެން މަޖިލިސް ހުއްޓުމުން، އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅީއެވެ. އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ކުރި ހުކުމްގައި ބުނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވާއިދުގެ ދަށުން ކަނޑައަޅަންޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހާލަތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަން އޮތް ހައްލެކެވެ. އެ ފަސް މެންބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަން ހުކުމުގައި ފާހަގަކުރި އެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ގަވާއިދުގައި ސާފުކޮށް ބުނާތީ، އިތުރު މެމްބަރަކަށް އެފަދަ ގަރާރެއްގެ ރިޔާސަތު ނުބެލެހެއްޓޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ގަބޫލުކުރިޔަސް، އެއީ ހުކުމްގައި ބުނި ގޮތުގައި ރަނގަޅު މާނަކުރުމެއް ނޫނެވެ.

ސުޕްރީމް ކޯޓުން ބުނީ މަޖިލީހުގެ ރިޔާސަތު ހުސްނުވާނެ ގޮތަކަށް ގަވާއިދުން ޖާގަ ދީފައިވާ އިރު، މި ކަމުގައި ވެސް ގަވާއިދު މާނަކުރަންޖެހޭނީ ކަމާ ގުޅުންހުރި އެހެން މާއްދާތަކަށް ފުރިހަމަ އަށް ރިއާޔަތްކޮށްގެން ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް