ads
ގއ. ވިލިނގިލި
ވިލިނގިލީ ރޭޕް ކޭސް: ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލާގައި ހައްޔަރުކުރި ތިން މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ގއ. ވިލިނގިލީގައި 22 އަހަރުގެ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ، ލ. ގަން މަތިމަރަދޫ ދަނބުރުއްދޮށުގޭ އިބްރާހީމް ރިޒާއާއި، ގއ. ވިލިނގިލި ކެޔޮވިނަ އަހްމަދު ޝާލްއާއި ގއ. ވިލިނގިލި މަލަސް މުހައްމަދު މާއިލް މިހާދުގެ މައްޗަށެވެ. އެ ތިން މީހުންގެސް ތިބީ މިހާރުވެސް ބަންދުކޮށްފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލައިގައި ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ހުށަހެޅި ދައުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި، ކުށުގެ އަމަލު ސާބިތުކުރުމަށް ހަރުދަނާ ހެއްކާއި ޤގަރީނާ ލިބިފައިވާ ކަމަށެވެ.

ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ ތެރޭގައި، ހެކިބަސްދޭ މީހުންނާއި، ސައިކޮލޮޖިސްޓުގެ ރިޕޯޓުތަކާއި، މެޑިކޯ ލީގަލް ރިޕޯޓުތަކާއި، ޑީއެންއޭ ރިޕޯޓުތައް ހިމެނޭ ކަމަށްވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި ދައުވާތައް ސާބިތު ވެއްޖެ ނަމަ 15 އަހަރާއި 25 އަހަރާއި ދެމެދުގެ ހުކުމެއް އަންނާނެ އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް