ads
ތުޅާދޫގައި ހަދާފައިވާ ހައުސިން ޔުނިޓްތަކެއް
10،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް
އެކި މަރުހަލާތުގައި 10،000 ހައުސިން ޔުނިޓުގެ މަސައްކަތް ކުރިއަށް ދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުސާބަތުގައި ދެއްވި ތަގުރީރުގައި ރައީސް ވިދާޅުވީ، ޖުމްލަ 7700 ފްލެޓުގެ މަސައްކަތް މާލެ ސަރަހައްދުގައި ކުރިއަށް ދާކަމަށެވެ. އަދި 2732 ހައުސިން ޔުނިޓުގެ މަސައްކަތް ފާއިތުވީ ފަސް އަހަރު އެކި މަރުހަލާތަކުގައި ކުރިއަށް ގެންދެވިފައިވާކަމަށެވެ. 

މީގެ އިތުރުން ރައީސް ވިދާޅުވީ 6500 އަށްވުރެ ގިނަ ގޯތީގެ ރެޖިސްޓްރީ ދޫކުރެވިފައިވާކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ. 

މުޅި ރާއްޖެ ލާމަރުކަޒުކޮށް، ރާއްޖެއަށް ގެނެސްދެއްވި ބޮޑުބަދަލާ އެކު އެކި ދާއިރާތަކުން ގައުމު ކުރިއަރައިގެންދާނެ މަގުތައް މިހާރު ފަހިވެފައިވާ ކަމަށް ރައީސް ސޯލިހު މިއަދު ވިދާޅުވިއެވެ. 

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ގާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސް ވަނީ ބާރުތައް އެއްތާކަށް ޖަމާކޮށްގެން ގައުމު ކުރި ނާރާނެކަން ފާހަގަކުރައްވާފަ އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް