ads
މިރްފަތު އިސްމާއީލް ޝަފީގެ (މިރޫ)
އެމްއެންޕީގެ ނައިބު ރައީސް މަގާމުން އިސްތިއުފާ ދެއްވައިފި
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް މިރްފަތު އިސްމާއީލް ޝަފީގެ (މިރޫ) މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވައި ޕީޕީއެމް/ޕީއެންސީ ގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގައި ވާދަކުރައްވަން ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފައިއެވެ. 

މިރޫ އެމްއެންޕީން އިސްތިއުފާ ދެއްވީ މީގެ މަހެއްހާ ދުވަސް ކުރިންނަމަވެސް، އެކަން މީޑިއާއަށް ތިލަވީ މިއަދުއެވެ. 

ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރައްވަން މިރޫ ނިންމަވާފައިވާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރަން މަޖިލީހުގައި ބައިވެރިވާ އަންހެނުންނަށް އެލަވަންސް އެއް ދޭން ޕީއެންސީގެ ފަރާތުން މަސައްކަތް ކުރައްވާނެކަމަށް އިއުލާނުކުރައްވައިފައެވެ. 

އެމްއެންޕީން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ވާދަކޮށްފައެވެ. އެ ޕާޓީގައި 10،000 މެންބަރުން އުޅޭއިރު ރިޔާސީ އިންތިހާބުގައި އެ ޕާޓީއަށް ވޯޓުލިބުނީ ޕާޓީގެ މެންބަރުންގެ އަދަދަށްވުރެ ވެސް މަދުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް