ads
ރައީސް ސޯލިހާއި ކުރީގެ ރައީސް މައުމޫނު: ވެރިކަން ބަދަލުވުމާ ގުޅޭގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް މައުމޫން ވަނީ ރައްދުދެއްވާފައި - ފޮޓޯ:ރައީސް އޮފީސް
އޮމާންކަމާ އެކު ވެރިކަން ބަދަލުވަނީ މިފަހަރު އެކަންޏެއް ނޫން: މައުމޫން
ރާއްޖޭގެ ވެރިކަން އަމާންކަމާއި އޮމާންކަމާ އެކު ބަދަލުވަނީ ހަމައެކަނި މިފަހަރު އެކަނި ނޫން ކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްކެވި ވާހަކަފުޅަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރައްދު ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބުކުރައްވާ ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާ އެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން އަންނަނީ ހަމައެކަނި މިފަހަރު ކަމަށެވެ. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ ކޯޓުން ނުވަތަ މަގުމަތިން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅަށް ރައްދުދެއްވާ އެކްސްގައި މިއަދު ރައީސް މައުމޫން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ 1968 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކުވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކުގައި ކަމަށެވެ. އަދި ވެރިކަން އަމާންކަމާ އެކު ބަދަލުވަނީ ހަމައެކަނި މިފަހަރު އެކަނި ނޫން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެންދިއުން މިގޮތުގައި ހިނގަމުންދާތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމުގަ އެވެ.

"މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ގާއިމުވެ، ދާއިމްވެ، ދެމި އޮންނާނީ ގައުމާއި ރައްޔިތުން،" - އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ވާހަކަފުޅުގައި ވަނީ ވޭތުވެދިޔަ ފަސް އަހަރު ކުރިމަތިވި ގޮންޖެހުންތަކުގެ ހަނދާން އާކުރައްވާ އެ ދަތި އުނދަގުލުން ހާސިލުވި ކާމިޔާބީ އާއި ލިބުނު ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް